logoEN
ޕީއެންސީ 2
ލާމަރުކަޒުވީ ނިޒާމެވެ. ފިކުރު ލާމަރުކަޒުވާތަން ނުފެނެއެވެ.

ލާމަރުކަޒުވީ ނިޒާމެވެ. ފިކުރު ލާމަރުކަޒުވާތަން ނުފެނެއެވެ.

img_md_202007260255221595757322.0953

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ހަސަން އަލީ، ގާފުގެ ކޮލަމަށް ލިޔެފައިވާ ލިޔުމެެކެވެ.

ޝަރީ 2024

ލާމަރުކަޒީ ނިޒާމަކީ، ގައުމެއްގެ ވެރިކަން ކުރާ މައި ރަށް ނުވަތަ މައި ތަން ނޫން ތަންތަނުން ނުވަތަ ރަށްރަށުން އެ ތަނެއްގެ ނުވަތަ އެ ރަށެއްގެ ރައްޔިތުންގެ ބަހެއް އޮވެގެން ހޮވާ ވެރިންތަކަކަށް ގާނޫނީ ގޮތުން ބާރުތަކެއް ދީގެން ލޯކަލް ލެވެލްގައި ވެރިކަން ކުރާ ނިޒާމެއްގެ އެއް ސިފައެކެވެ.

މި ނިޒާމުގައި އެންމެ ބޮޑަށް ހިމެނޭ ދާއިރާތަކަކީ، އެ ތަނެއްގެ ސަރުކާރާއި، އަމިއްލަ ފަރާތްތައް އަދި މަދަނީ ޖަމިއްޔާ ތަކުގެ ބައިވެރިވުން ހިމެނިގެން، މުޖްތަމަޢުގެ މަސްލަހަތުތަކާއި ގުޅޭ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމެވެ. މިއީ ޑިމޮކްރަސީއެއްގައި ހިމެނޭ ރައްޔިތުން ބާރުވެރިވެރި ކުރުމުގެ އެއް އަސާސް ވެސް މެއެވެ.

ދާދި ފަހުން މި ނިޒާމަށް ގެނެވުނު އިސްލާހުތަކާއި އެކު މިނިޒާމް މިވަނީ އިތުރަށް ފުރިހަމަވެގެން ގޮސްފައެވެ. ރައްޔިތުންގެ ކަންކަމުގައި ގޮތްނިންމަން ތިބި މީހުންގެ އަތްމައްޗަށް މިވަނީ އިތުރު ގިނަބާރުތަކެއް ދޫކުރެވިފައެވެ. މިހުރިހާ ކަމަކީވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ދައުލަތުން ކުރާކަންކަމެވެ.

ރަށްރަށުގެ ކަންކަމުގަ ގޮތް ނިންމުމާއި އެރަށެއްގެ އިގްތިސޯސްތެރޭގައިވާ އެއްމެހާ ތަންތަނާއި ތަކެތި ބޭނުންކޮށް ވިޔަފާރިކޮށް އާމްދަނީ ހޯދައި ރަށަށް ކުރިއެރުން ހޯދުމުގެ ބާރު މިވަނީ އާންމު ރަޔްޔިތުމީހާއަށް ދޫކޮށްލާފައެވެ. އެރަށެއްގެ ކަންކަމުގައި ގޮތް ނިންމާ ރަށަށް ކުރިއެރުން ހޯދާނެ ބަޔަކު އިންތިޙާބު ކުރުމުގެ ޒިންމާ މިއޮތީ ރައްޔިތުންގެ އަތްމަތީގައެވެ.

ރަށުގެ ކުރިއެރުމާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރަން ކެރޭ ޤާބިލުކަން ނެތިއްޔާ ނެރެދެވޭވަރު ބަޔަކު އިންތިހާބުކުރުމަކީ ހަމަ ކޮއްމެ ރައްޔިތެއްގެ ބޮލުގަވެސް އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް މިއަދު ގިނަ ރަށްރަށުން ފެނިގެން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. ކިޔަމުން ދަނީ މުޅިން އެހެން ލަވައެކެވެ. ރަށުގެ ކަންކަން ނިންމަންވާ ގޮތާއި ރަށުގެ ކަންކަން ނިންމުމަށް އިންތިޙާބު ކުރަންވާ މީހުން މި ކިޔާދެނީ ރާއްޖޭގެ ވެރިކަން ކުރާ ފުރަމާލެ އަށް ނިސްބަތްވާ ވިޔަފާރިވެރިން ތަކެއް ހިންގާ ސިޔާސީ ޕާރޓީތަކަކުންނެވެ. ރާއްޖޭގެ އެއްމެ ދެކުނުގައި އޮއްނަ ރަށަށް އިންތިހާބު ކުރަންވާ މީހާ މި ނިންމަނީ އެއްކަލަ ސިޔާސީ ޕާރޓީންނެވެ. ޕާރޓީގެ ޕްރައިމަރީތަކުން ހޮވެނީ ރަށުގަ އާއިލާބޮޑު މީހުންނެވެ. ނޫނީ ޕާރޓީއަށް އެންމެ ވަފާތެރި މީހާއަށްވީތީ ހޮވަނީއެވެ. މިހެން ކަމުން މިފަދަ އިންތިޙާބީ މަޤާމްތަކަކީ ސިޔާސީ ޕާރޓީއަށް ވަފާތެރި މީހުންނަށް ދެވޭ ވަޒީފާއަކަށް ގިނަފަހަރު މިއޮއްނަނީ ވެފައެވެ.

ޕާރޓީ ޕްރައިމަރީއިން ހޮވޭމީހުންނަކީ އަސާސީ ތައުލީމެއްނެތް ބަޔަކު ކަމުގައި ވިއަސް އެތައް ކުށެއްގެ ތުހުމަތު ކުރެވޭ ނުވަތަ ސާބިތުވެ ހުކުމް ކޮށްފަތިބި ބަޔަކަށް ވިއަސް ފަރުވާލެއް ނެތެވެ. ތިމާއަކީ ޕާރޓީ މީހަކަށްވާތީ ތިމާ ވޯޓުލާން ޖެހެނީ ޕާރޓީން ދައްކާ މީހަކަށް ކަމަށް މިތިބެނީ ހިތުން ޤަބޫލް ކޮށް ހުވާ އަހުދު ކޮށްގެން ނެވެ. މަގާމަށް އިންތިޙާބު ކޮށްފަ ފަހަތުން ވަގަށްގޮވަން ޖެހުނަސް މައްސަލައެއް ނެތެވެ.

ސުވާލަކީ ތިޔަ ޕާރޓީ އަށްވުރެން ތިމާގެ ނަޒަރުގަ އަމިއްލަރަށް ކުޑައީހެއްޔެވެ. ނޫނީ އުފަންވީސުރެ ތިމާ ދިރިއުޅެމުން އައްނަ ރަށަށް ހިތުގައި ދެވިފައިއޮތް ލޯއްބާއި ދަރަޖަ އިއްޔެ އުފަންވި ޕާރޓީ އަކަށް ވުރެން ބޮޑުވީހެއްޔެވެ. ތިމާ ތާއީދުކުރާ ސިޔާސީ ޕާރޓީ މޮޅުވުމުން ލިބޭ އުފަލައްޓަކައި ރަށުގެ ކުރިއެރުމާއި ތަރައްގީ ގުރުބާން ކޮއްލުން ހަމަ އޯކޭތޯއެވެ.

ވިސްނަންޖެހޭ ކަމަކީ ރަށުގެ ކަންކަމުގައި ގޮތް ނިންމުމާއި ރައްޔިރުން ސީދާ މަސްލަހަތު އޮންނަ ކަންކަމުގައި ރައްޔިތުންގެ މައްޗަށް ބަސްބުނެ ގޮތް ނިންމަން މި އިންތިޙާބު ކުރެވޭ މީހުންނަކީ އެކަމަށް އެކަށީގެންވާ ތިމަންމެން މި ހަވާލުކުރާ ޒިންމާ އެއްމެ ރަގަޅު ގޮތުގައި އުފުލޭ ބަޔަކަށްވެގެން ނޫނީ މިގެއްނަ ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް ނުހިފޭނެ ކަމެވެ. ކޮށްމެ ސިޔާސީ ޕާރޓީއެއް ތަމްސީލް ކުރި ކަމުގައި ވިއަސް އަދި މިނިވަން ކެންޑިޑޭޓުން ކަމުގައި ވިއަސް އެމީހުންނަކީ ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން އެކަމަށް އެއްމެ ޤާބިލްމީހުންކަން ކަށަވަރުކޮށް، ކަންކުރެވޭނެ އެއްމެ ޤާބިލުޓީމު ރަށުގެ ކަންކަން ނިންމަން އިންތިޙާބު ކުރުމަކީ މިއަދު އެއްމެހާ ރައްޔިތުން ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ވީމާ ފިކުރު ލާމަރުކަޒުކޮށް ވަކި ޕާރޓީއަކަށް ބެލުމެއްނެތި ރަށުގެ ކަންކަމުގައި ގޮތްނިންމަން އިންތިޙާބު ކުރާމީހުންނަކީ ތައުލީމީފެންވަރު ހުރި ޤާބިލު އިޚްލާސްތެރި ބައެއްތޯ ނުވަތަ ވަޒީފާއެއް ބޭނުންވެގެން ނުވަތަ ސިޔާސީ ޕާރޓީއެއްގެ ސިޔާސީ ހަރަކާތް ހިންގަން ފޫގަޅާގެން ތިބި ބައެއްތޯ ބަލައި ރަގަޅު މީހުން އިންތިހާބް ކުރުމަކީ ތިމާއަށް ރަށަށް ކޮށްދެވޭނެ އެއްމެ ބޮޑުކަމެވެ.

އިހްލާސްތެރި ކަމާއިއެކު ރަށަށް ޚިދުމަތްކުރަން ހިއްވަރުކޮށްފައި ކުރިމަތިލާ ކެރޭ ޤާބިލު މީހުންނަށް އޮތް ހުރަހަކީ ސިޔާސީ ފިކުރު ކަމުގައި ނުހަދަމާތޯއެވެ. މަރުކަޒީ އުސޫލުން ޕާރޓީން އައްނަ އޯޑަރަށް ވޯޓު ދިނުމުގެ ބަދަލުގައި ތިމާ ދޭ ވޯޓަކީ ލާމަރުކަޒީ އުސޫލުން އަމިއްލަ ވިސްނުމައް ދެވޭ ވޯޓަކަށް ހަދާ ވޯޓާއި ފިކުރުވެސް ލާމަރުކަޒު ކޮށްލަން ހިގާށެވެ.

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންތައްތައް، ޑިމޮކްރަސީގެ އުސޫލުން އަދި ޖަވާބުދާރީކުރުވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީ ގޮތުންނާއި، ސަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހުކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމު ކުރުމެވެ.

ލާމަރުކަޒީ ނިޒާމް މުހިންމުވާ ސަބަބަކީ، ގައުމެއް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި ގިނަބައެއްގެ ބައިވެރިވުމާއި، ސިޔާސަތު ކަނޑައަޅާ ހިސާބަށް ވެސް ރައްޔިތުންގެ އެންމެ އާދައިގެ މީހާގެ ބަސް ވެސް ފޯރުކޮށްދިނުމަށެވެ. އަދި އެއީ، ރަށު ފެންވަރުގައާއި، ގައުމީ ފެންވަރުގައި ލީޑަރުންތައް އުފައްދައިދޭ މުހިންމު ނިޒާމެއް ވެސް މެއެވެ. އަދި މީގެ ކުރީގައި އޮތް މަރުކަޒީ ނިޒާމާ ދުރަށް ގޮސް، ސިސްޓަމިކް ގޮތެއްގައި ރައްޔިތުންނާ ހަމައަށް ބާރުތައް ގެނެސްދޭ ނިޒާމެއް ކަމުގައި ވާތީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ