logoEN
ކޮކާކޯލާ
އަޝްފާގް ސެމީ ފައިނަލަށް!

އަޝްފާގް ސެމީ ފައިނަލަށް!

185519_3_3a5f0f1a8d16ecbbc64e60d431ed2360397125e5

އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ކުއަރޓާރ ފައިނަލްގެ ކުރިމަތިލުމުން މޮޅުވެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަބުޅޯ

މިޗެލެންޖުގެ ވަގުތު ރާއްޖެގަޑިން މިއަދު 1 ޖަހާއިރަށް ހަމަވިއިރު،އަޝްފާގް ކުރިހޯދީ ވަަރަށް ކުޑަ ތަފާތަކުންނެވެ. 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލު މިޗެލެންޖުގައި ހޮވުނު އިރު، އަޝްފާގްއާއި މިވޯޓުގައި ވާދަކުރީ ވިއެޓްނާމްގެ ގުުޔެން ވެން ގުޔެޓްއެވެ. މި ވޯޓުން އަޝްފާގަށް ލިބިފައިވަނީ 51.45 ޕަސެންޓެެވެ.

ގައުމަށް އަލީ އަޝްފާގު ހޯދައިދިން ކާމިޔާބުތަށް ގުނާއަދަދަށްވުރެވެސް ގިނައެވެ. މިވަގުތުވެސް ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ގައުމީ ބަތަލަކީ ގައުމީޓީމަށާއި އަދި ކްލަބަށް ކުޅެދިން 544 މެޗްއިން 464 ގޯލްކާމިޔާބުކޮށް ދުނިޔޭގެ 6ވަނައެވެ.

މިވޯޓުންވެސް ދިވެހީންގެ އެއްބައިވަންތަކަން ވަރަށްސާފުކޮށްހާމެވެގެން ހިނގައްޖެއެވެ. ދަގަނޑޭއަށް ވޯޓުލުމަށްޓަކައި އެންމެން އެކަތިގަނޑެއްްގެ ގޮތުގައި މީސްމީޑިޔާ އަދި އެތަކެއް ނޫސް ޕްލޭޓްފޯމްތަކުގެ ދެއްވި ހިއްވަރުގެ ނަތީޖާ ވަރަށްވެސް ފުރިހަމައެވެ. ކުރިއަށް ދަގަނޑޭއަށް އޮތީ ސެމީފައިނަލްގެ ކުރިމަތިލުންތަކެވެ. މިފަހަރުވެސް ދިވެހީން، ދިވެހީންގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި އަޝްފާގަށް ވޯޓުދޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. މިފަހަރަކީ ދަގަނޑޭގެ ފަހަރަށް ހަދަމާ ހިންގަވާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ