logoEN
Sto top
އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2023 ފަށައިފި

އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2023 ފަށައިފި

F91zHvTbIAA2ta_

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ "ކަށަވަރު ޕްރޮމޯ" ފަށައިފިއެވެ.

Wamco

މި ޕްރޮމޯޝަން އިފްތިތާހު ކުރެއްވުމުގެ ގޮތުން މިއަދު ކަށަވަރު ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ސްޓަރން އައިޓަމްސްއާއ،ި ސްކޮޓް ބޭޑަރ ރެސިން އާއ،ި ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއ،ި ޔަންމާ ޖެންސެޓްސްއާއ،ި ސްޕެއާރ ޕާރޓްސްއާއ،ި އެކްސަސަރީޒްއާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި މެރޯލް އަދި ލުބްރިކަންޓްސްއެވެ.

View post on Twitter

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާއިރު، ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 2ލައްކަ ރުފިޔާގެ އަގުހުރި ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

"ކަށަވަރު ޕްރޮމޯ 2023" އަމާޒުކޮށްފައިވާނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދ،ު ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓ،ް ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ޏ. ފުވައްމުލަކުގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި މި ތަންތަނަށް ޒިޔާރަތް ކުރުން ހިމެނެއެވެ.

މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަސް ގެންދިޔުމަށް ނިންމާފައިވަނީ، ނޮވެމްބަރ1 އިން ފެށިގެން ޑިސެންބަރ 31ގެ ނިޔަލަށެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އެމްޓީސީސީން އަންނަނީ ރާވާހިންގަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside