
GMG_1574
މަސް ގަންނަ އަގު ބިޑުކުރި ފަހުން މަސްވެރިންނަށް 91.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން ބުނީ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރިފަހުން މިހާތަނަށް 9401 މެޓްރިކް ޓަނުގެ މަސް އެކުންފުނިން ގަނެފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 54502 ޓަނުގެ މަސް ގަނެފައިވާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މަސް ގަންނަ އަގު ބޮޑުކުރިފަހުން މިފްކޯއިން ވަނީ މަސްވެރިންނަށް 91.7 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް މިފްކޯއިން ވަނީ މަސްވެރިންނަށް 965 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހުން ފެށިގެން މިފްކޯ އިން ވަނީ މަސް ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޯށްފައެވެ. އޭގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ 17 ރުފިޔާގެ ރޭޓުންނެވެ.
މިފްކޯއިން މައުލޫމާތުދޭގޮތުގައި، މަސްވެރިންނަށް ފައިސާ ދޫކުރުން ލަސްވެފައިވަނީ މިފްކޯއަށްވާ ގެއްލުން ފޫބެއްދުމަށް ފިނޭންސް މިނިސްޓްރީން ދޫކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ލިބުމުގައި ދަތިތަކާ ކުރިމަތިވުމުންނެވެ.