
ރޮބްލޮކްސްގައި ކުޑަކުދިން ފަލަސްތީނަށް ޓަކައި މުޒާހަރާކުރަނީ
roblox_palestine
ރޮބްލޮކްސް އަކީ ލެގޯ ކަހަލަ ސްޓްރަކްޗާތަކުން ހަދާފައިވާ ކެރެކްޓާތައް ހިމެނޭ އަދި ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ގޭމެކެވެ. ކުޑަކުދިންގެ ކުޅިވަރެއްގެ ތެރެއިން ފެނުމަކީ ހީވެސް ނުކުރާ ވަރުގެ ޑެމޮންސްޓްރޭޝަނެއް ނަމަވެސް އޭ ޕްލެޓްފޯމް ބޮޑުވާ ވަރަކަށް ބޭރު ދުނިޔެ ނަކަލުކުރެއެވެ.

ނަމަވެސް މި ދަނޑިވަޅުގައި ޒުވާނުންނަށް ރައްކާތެރިކަމާއެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، ދުނިޔޭގެ ހާދިސާތައް ދަސްކޮށްދިނުމުގެ ވަސީލަތެއްގެ ގޮތުގައި މި ގޭމް ބޭނުންކުރެވިދާނެއެވެ.
މެލޭޝިއާސާވާ އެތެރޭގައި ކާޓޫނިޝް ޑައިނަސޯ، ސްޓީމްޕަންކް އަދި އެހިނިހެން ތަފާތު ހެދުން ތިބި ކެރެކްޓާތައް 'މެލޭ އާއި އިނގިރޭސި' ބަހުން އިންސްޓަންޓް މެސެޖުތައް މެދުވެރިކޮށް އެކުގައި އަޑު އުފުލުމަށް ވާހަކަދައްކައެވެ. މިގޮތުން މި ސާވާ ގެ ބައިވެރިންނާއެކު ގޭމުގައި ހުރި މަގުތަކުގައި ގާޒާގެ ދިދަތައް ހިފައިގެން ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.
މި ގޭމް ސާވާއަށް މިހާރު ފުދޭވަރަކަށް ބޮޑު ތަރުހީބެއް ލިބި ޓިކްޓޮކް އާއި އެހެނިހެން މީސްމީޑިއާތަކުގައި މަޝްހޫރުވެފައެވެ.މެލޭޝިއާގެ މި ރޮބްލޮކްސް ސާވާ އަށް މިހާރު ވަނީ 157،000 އަށް ވުރެ ގިނަ ފަހަރު ޒިޔާރަތްކޮށްފަ އެވެ.
މި ގޭމް ސާވާގެ ލިންކް: https://www.roblox.com/games/15059675780/PALESTINE-Dataran-Tanjung-Mas
އެހެންވީމާ، މި ޕްލެޓްފޯމްތައް މިގޮތަށް ބޭނުންކުރުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން، ފަލަސްތީނުގެ މުސްލިމުންނަށް ދިމާވެފައިވާ މިފަދަ ހިތާމަވެރި ކަންކަމުގައި އެއްބައިވަންތަކަން ދެއްކުމަށް އަދި ފަލަސްތީނަށް އިންސާފު ބޭނުންވާ ކޮންމެ މީހަކަށް އިންސާފު ހޯދައިދިނުމަށް ޓަކައި އަޑު އުފުލަން އެބަޔަކަށް ކުރެވެން އޮތްކަމެއް ކުރުން މުހިއްމެވެ.