logoEN
Sto top
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ!

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ!

އަލްފާ އަލީ

logo

10/25/2023, 1:47:31 PM

ސްޓެލްކޯ| Stelco

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

Wamco

ސްޓެލްކޯ އިން ބުނީ، އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް މާފަންނުގެ ބުރުޒުމަގާއި، ހިލާލީމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.

ސްޓެލްކޯ އިން އަންނަނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަފްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރާ ވަގުތުތަކުގައި އެ ސަރަހައްދު ތަކުން ކަރަންޓު ކެނޑިދާނެތީ އެކަމަށް އާއްމުން ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside