މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް ވަކި ކުރުމަށް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީ )ގެ ޕީޖީ ގްރޫޕްއިން ފެށުމާއި އެކު އެކަމަކީ ޑިމޮކްރަސީގެ އަސާސްތަށް ފުޑާލުން ކަމަށް މަލީހް ވިދާޅުވެއްޖެ.
އިތުބާރުނެތް ކަމުގެެ މައްސަލަގައި މަލީހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އެދަބު ދޭން އުޅުމަކީ ދުސްތޫރީ ނިޒާމުގައި ކޮޅުފައިން ޖެެހުން ކަމަށެވެ. އަދި މިއީ ނުރައްކާތެެރި ރަންގަބީލެއްކަމަށްވެސް މިނިސްޓަރ މަލީހު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
މަލީހް ވަނީ މި މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުންވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގޮވައިގެން ސުޕްރީމް ކޯޓަށް ދާނެެ ކަމުގެެ އިންޒާރުވެސް ދެއްވާފައެވެ. މީކާއިލްގެ އިތުރުން އިތުބާރުނެެތް ކަމުގެ މައްސަލައިގެ ގަރާރުގެެ އިތުރު 9 މެމްބަރަކު ވަނީ ސޮއި ކުރައްވާފައެވެ. އެއީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މަޑަވެލި ދާއިރާގެ މެމްބަރު ޙުސައިން ފިރުސާން، ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީޤު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިނާނުގެ އިތުރުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.
މަލީހް އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގަތް ބޭފުޅެކެވެ. އެމްޕީޑީގެ ގިނަ މެމްބަރުން ތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. އެގޮތުންރައީސް ސޯލިހްގެ ވައުދެއް ކަމަށްވާ އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު މިއަދާ ހަމައަށް އައިރުވެސް ފުއްދިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ މަލީހް މަގާމުންދުރުކުރުމަށް ގޮވާލަމުންނެވެ.