logoEN
cocacola
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45 ގައި!

މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ހަވީރު 16:45 ގައި!

އަހުމަދު ޝުރާއު

logo

10/24/2023, 11:48:03 AM

378220_3_dde8f14a19a682f7e39ac8873b9dedcf756a3f84_large

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާ ގަޑި ކަނޑައަޅައިފި އެވެ.

ގޮސިޔާ

އިންތިޚާބީ ރައީސާއި އިންތިޚާބީ ނާއިބު ރައީސް ހުވާކުރުމަށް ބާއްވަވާ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާއި، އެމްއެންޑީއެފްއާއި އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން އުފައްދަވާފައިވާ، އިންތިގާލީ ކޮމެޓީގެ މެންބަރުން އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ވަނީ، ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާއި ތާރީހާއި ގަޑިއާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި ނިންމެވީ، ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު 16:45 ގައިކަމުގައެވެ.

އިންތިޚާބީ ރައީސާއި ނާއިބު ރައީސް ހުވާކުރުމަށް ބާއްވާ ޖަލްސާ ބޭއްވެވުމަށް ނިންމަވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. ޖުމްހޫރީ މައިދާނުގައި އެޖަލްސާ ބޭއްވެވުމަށް ނިންމެވީ ވީހާވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށެވެ.

މިއީ ޖުމްހޫރީ މައިދާނުގެ ރާއްޖޭގެ ރައީސްއަކު ހުވާކުރައްވާނެ ފުރަތަމަ ފަހަރެވެ

އިންތިހާބީ ރައީސް ޑރ މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ