އަޝްފާގަށް ވޯޓުލުން ހުއްޓާނުލާތި!

އޭޝިޔާގެ މައި ފޮޓްބޯޅަ އިދާރާ، އޭއެފްސީއިން ކުރިއަށްގެންދާ " އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ގޯލު ހޮވި ކުއަރޓާރ ފައިނަލްގެ ކުރިމަތިލުންތަށް ކުރިއަށްދާއިރު، މިވޯޓު ނިމެންވަގުތު ވަރަށް ގާތްވެއްޖެއެވެ.

މިޗެލެންޖުގެ ވަގުތު ރާއްޖެގަޑިން މިއަދު 1 ޖަހާއިރަށް ހަމަވާއިރު، އަޝްފާގް ކުރީގައި އޮތީ ވަަރަށް ކުޑަ ތަފާތަކުންނެވެ. މިޗެލެންޖުގައިހޮވުނު ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރު އޭއެފްސީކަޕުގައި އިންޑޮނޭޝިޔާގެ ޕާސިބޯގެ މައްޗަށް 0-7 އިން ނިއުރޭޑިއަންޓްް މޮޅުވި މެޗްގައި ދަގަނޑޭޖެހި ހިތްގައިމު، ހުނަރުވެރި ސޯލޯ ގޯލެވެ.އަޝްފާގްއާއި މިވޯޓުގައި ވާދަކުރަނީ ވިއެޓްނާމްގެ ގުުޔެން ވެން ގުޔެޓްއެވެ.

ގައުމަށް އަލީ އަޝްފާގު ހޯދައިދިން ކާމިޔާބުތަށް ގުނާއަދަދަށްވުރެވެސް ގިނައެވެ. މިވަގުތުވެސް ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ގައުމީ ބަތަލަކީ ގައުމީޓީމަށާއި އަދި ކްލަބަށް ކުޅެދިން 544 މެޗްއިން 464 ގޯލްކާމިޔާބުކޮށް ދުނިޔޭގެ 6ވަނައެވެ. އެހެންކަމުން ދިވެހިންގެ ހުނަރުވެރި، އެންމެންގެ ދަގަނޑޭއަށް އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކޮށްދިނުމަށް ގައުމުއެކީގައި ތެދުވަމާހިންގަވާށެވެ. އަވަހަށް އަލީ އަޝްފާގަށް ވޯޓުދެއްވާށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް