logoEN
Sto top
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :  ބޮޑު ތަފާތަކުން ފިޓްފެމިނިން ބަލިކޮށް ހޭޔަންބޯ ގްރޫޕް އެއްވަނައިގައި އޮވެ ސެމީއަށް

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ބޮޑު ތަފާތަކުން ފިޓްފެމިނިން ބަލިކޮށް ހޭޔަންބޯ ގްރޫޕް އެއްވަނައިގައި އޮވެ ސެމީއަށް

އަހުމަދު ޝުރާއު

logo

3/3/2021, 10:41:07 PM

DSC_0045

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ފިޓްފެމިނިން އާއި ހޭޔަންބޯ ވާދަކުރި މެޗު ބޮޑުތަފާތަކުން މޮޅުވެ ހޭޔަންބޯއިން ގްރޫޕް B ގެ އެއްވަނައިގައި އޮވެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. މި މެޗާއި އެކު ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން މޮޅުނުވެ ފިޓް ފެމިނިން މިވަނީ މުބާރާތުން ކަޓާފައިއެވެ.

Wamco

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު ހޭޔަންބޯ ކާމިޔާބުކުރީ 26-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.

މިމެޗުގެ ހޭޔަންބޯގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 13) އައިޝަތް އިއުފާ މުހައްމަދު 1 ގޯލް ، (ޖާޒި ނަމްބަރު 5) ޖައިސްވަލް ސްވަރިނިމާ 10 ގޯލް ، ( ޖާޒީ ނަމްބަރު 10 ) ކުމާރީ އާރްތީ 10 ގޯލް ، (ޖާޒި ނަމްބަރު 9) އާމިނަތް ޒައިނާ 3 ގޯލް ، (ޖާޒި ނަމްބަރު 6) މާޒިނާ އަހުމަދު 1 ގޯލް ، (ޖާޒި ނަމްބަރު 7) ފާތިމަތު މާޔާ 1 ގޯލް އެވެ.

އަދި ފިޓްފެމިނިންގެ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 11) ފާތިމަތު ޖުނާ 1 ގޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހޭޔަންބޯގެ ޖާޒީ ނަންބަރު 5 ޖެއިސްވާލް ސްވަރިނިމާ އެވެ.

މިއީ މި ދެޓީމް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފަހުމެޗެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside