logoEN
ކޮކާކޯލާ
އުރީދޫގެ ހިއްސާއަކަށް 2.34 ރ. ބަހަން ފާސްކޮށްފި

އުރީދޫގެ ހިއްސާއަކަށް 2.34 ރ. ބަހަން ފާސްކޮށްފި

އަހުމަދު ޝުރާއު

logo

3/3/2021, 4:14:53 PM

img_md_202103020916161614701776.3885

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34 ރ. ބަހަން ފާސްކޮށްފި އެވެ.

އަބުޅޯ

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި ހުރިހާ ހިއްސާދާރުން މި އަދަދު ފާސް ކުރުމަށް ވޯޓު ދިނެވެ. މި ޖަލްސާގައި ޕްރޮކްސީއާއެކު އުރީދޫގެ 44 ހިއްސާދާރަކު ބައިވެރިވިއިރު ވޯޓު ދީފައިވަނީ 34 މީހެކެވެ.

އަހަރީ އާންމު ޖަލްސާގައި އުރީދޫން އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ބަހަން ވަނީ ނިންމާފަ އެވެ.

މިދިޔަ އަހަރު އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 407 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރަށް ބަލާއިރު ދަށް އަދަދެއް ނޫން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވި އެވެ.

"މިދިޔަ އަހަރަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އާމްދަނީ ދަށް އަހަރެއް. އެކަމަކު ގެއްލުންވި އަހަރެއް ނޫން. ރާއްޖޭގެ މިދިޔަ އަހަރުގެ ޖީޑީޕީއާ އަޅާ ބަލާއިރުވެސް އުރީދޫގެ ފައިދާ ގިނަ،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫން މި އަހަރު އޮޑިޓް ކުރަން ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓު ވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން 90 ޕަސެންޓް ހިއްސާ އަކީ ވަތަނިޔާ އިންޓަނޭޝަނަލް އެވެ. އަދި 5.64 ޕަސެންޓް ހިއްސާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ތަމްސީލު ކުރާއިރު އާންމުންގެ ހިއްސާގެ އަދަދަކީ 3.86 ޕަސެންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ