logoEN
PNC TOP 3
އުރީދޫ ޓަވަރު އަންނަ އަހަރު ނިމޭނެ - ނަޖީބް

އުރީދޫ ޓަވަރު އަންނަ އަހަރު ނިމޭނެ - ނަޖީބް

އަހުމަދު ޝުރާއު

logo

3/3/2021, 3:47:33 PM

big_cKoONwIC79Mi3w3wkj17mO5Vg

އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި އަޅަމުންދާ އުރީދޫ ޓަވަރު އަންނަ އަހަރު ނިމޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

PNC MID 2

އުރީދޫ އިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަަށް ޖަވާބު ދެއްވަމުން، އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަޅާ ޓަވަރު އަންނަ އަހަރުގެ ޖޫން މަހު ނިމޭނެ އެވެ. ނަޖީބު އިތުރަށް ވިދާޅުވިގޮތުގައި ކޮވިޑް-19 އާ ގުޅިގެން މަސައްކަތަށް ލަސްވުމެއް އައިނަމަވެސް ޓަވަރުގެ މަސައްކަތް ވަނީ އަލުން ފެށިފައިއެވެ.

ޓަވަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާ ކުންފުންޏަކާއި އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި އަޅާ އުރީދޫ ޓަވަރު ހަދަނީ ޒަމާނީ ވަސީލަތްތަކާއެކުގަ އެވެ.

އުރީދޫ މޯލްޑިވްސްގެ މައި ހެޑްކުއަޓާސް ބިންގާ އަޅާފައިވަނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް ވަނީ ލަސްވެފަ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC