logoEN
Sto top
ކެންޑިޑޭޓުން ނަން ނަގަނީ ނުފޫޒު ފޯރުވައިގެން - އިދިކޮޅު

ކެންޑިޑޭޓުން ނަން ނަގަނީ ނުފޫޒު ފޯރުވައިގެން - އިދިކޮޅު

އަހުމަދު ޝުރާއު

logo

3/3/2021, 3:29:35 PM

viber_image_2021-03-03_11-09-00

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓް ގައި ވާދަކުރާ ކެންޑިޑޭޓުންނަށް، ނަން އަނބުރާ ގެންދިޔުމަށް ސަރުކާރާއި އެލެކްޝަން ކޮމިޝަނުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތަކެއް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކޮށްފި އެވެ.

Wamco

އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ކެމްޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ވަނީ އިދިކޮޅުގެ ކެންޑިޑޭޓުންނަށް ސަރުކާރުގެ އިތުރުން އިލެކްޝަން ކޮމިޝަން (އީސީ) އިން ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ނަން އަނބުރާ ގެންދަން ހުށަހަޅާފައިނުވާ ކެންޑިޑޭޓުންނަށް، ނަން ނެގުމުގެ އިޖުރާތްތައް ފުރިހަމަ ކުރަން އީސީން ކެންޑިޑޭޓުންނަށް ގުޅަމުންދާ ކަމަށް ބުނެ އީސީއަށް ރަޝީދު ވަނީ ތުހުމަތު ކުރައްވާފައިއެވެ.

މިހާތަނަށް އިދިކޮޅުން ނަން ނެގި ކެންޑިޑޭޓުންނަކީ އިލެކްޝަނުން ނޫނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން އޮޅުވާލުމެއްގެ ތެރޭގައި ކޮށްފައި އޮތް ކަމާއި މެދު ޝައްކު އުފެދޭ ހިސާބަށް ހިނގައްޖެ ކަމަށް ވެސް ރަޝީދުވެސް ވިދާޅިވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 47 ކެންޑިޑޭޓަކު ވަނީ މިހާތަނަށް އައި އިރު ނަން އަނބުރާ ގެންގޮސްފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެކި ޕާޓީތަކުން ވާދަކުރި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ އިރު 120 ކެނޑިޑޭޓަކު އިންތިހާބަކާއި ނުލާ ވަނީ ހޮވިފައެވެ. އިންތިހާބަކާއި ނުލައި ހޮވުނު ގިނަ ކެނޑިޑޭޓުންނަކީ ވެރިކަން ކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside