logoEN
Sto top
40 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތިނަދޫ ފެނަކާގައި!

40 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތިނަދޫ ފެނަކާގައި!

އަހުމަދު ޝުރާއު

logo

3/3/2021, 3:08:37 PM

DSC_2463-1-2048x1365

ގދ ތިނަދޫގައި އަލަށް އިމާރާތްކުރަމުން އަންނަ އާއިންޖީނުގޭގެ އިމާރާތް ކުރުމުގެ މަސައްކަތަށް 40 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

Wamco

ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ތިނަދޫ ގައި އިމާރާތް ކުރަމުން ދާ އާއިންޖީނުގޭގެ މަސައްކަތް އަވަހަށް ނިންމާލުމަށްޓަކައި އިތުރު ޒުވާނުންތަށް ހޯދަމުން އަންނަ ކަމަށާއި 40 ވަރަކަށް ޒުވާނުންނަށް މި ފުރުސަތު އެބައޮތް ކަމަށެވެ.

އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި އިންޖީނުގޭގެ އިމާރާތުގެ މަސައްކަތުގައި ބައިވެރިވެ ފެނަކަ ޓީމުގައި މަސައްކަތް ކުރުމަށް ބޭނުންވާ ޒުވާނުން އައިޑީކާޑު ހިފައިގެން ތިނަދޫ ފެނެކަ އޮފީހަށް ވަޑައިގަތުމުން ވަޒީފާ ހަމަޖެހޭނެ ކަމަށެވެ. އަދި ފެނަކާގައި މަސައްކަތްކުރާ ޒުވާނުންނަށް ރަނގަޅު ކެއުމާއި، ނިދުމުގެ އިތުރުން ރަނގަޅު އާމްދަނީއެއް ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިކަހަލަ ވަޒީފާތަށް ހުޅުވާލުމުގެ މަޤްސަދަކީ، ކޮންމެ ޒުވާނަކީވެސް މުޖުތަމައުއަށް ހިދުމަތެއް ކޮށްދެވޭ ޒުވާނަކަށް ހެދުމަށާއި ޒުވާނުންނަށް ރަނގަޅު މަސައްކަތްތަކެއް ދަސްވެގެން ދިޔުން ކަމަށް މީގެ ކުރިން ގާފު އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވިއެވެ.

ތިނަދޫގައި އަލަށް އިމާރާތް ކުރާ އާއިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނަމާދު ކުރެވޭނެ ގޮތާއި، އެއްފަހަރާ 60 މީހުންނަށް ކެވޭނެ ޖާގަ ހުރި މެސް ރޫމް އެއް އެ ސަރަޙަދުގައި ވަނީ ހަދާފައެވެ.

ތިނަދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތުގައި މަސައްކަތްކުރަމުން އަންނަނީ ސަތޭކަ ޕަސެންޓް ދިވެހިންނެވެ. އެގޮތުން މިވަގުތުގައިވެސް 70 ވަރަކަށް ދިވެހި މުވައްޒަފުން އަންނަނީ އަމަލީ މަސައްކަތުގައި މަސައްކަތްކުރަމުންނެވެ.

މި އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ އަންނަ އޭޕްރީލް މަހު 30 ކުރިން ނިންމުމަށެވެ. އަދި އިމާރާތުގެ ޚިދުމަތް އަންނަ ޖޫން މަހުގެ 30 ގެ ކުރިން ފެށުމަށް ފެނަކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ނިމިދިޔަ ޑިސެމްބަރ 11 ވަނަ ދުވަހު ބިންގާ އެޅުނު މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށް ފެނަަކައިން މައުލޫމާތު ދެއެވެ. އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside