logoEN
cocacola
 މި އަހަރު އޭލެވެލް އިމްތިހާން ބާއްވާނެ - އެޑިއުކޭޝަން

މި އަހަރު އޭލެވެލް އިމްތިހާން ބާއްވާނެ - އެޑިއުކޭޝަން

school-education

މި އަހަރު އޭލެވެލް އިމްތިހާން ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ގޮސިޔާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކުރީން ވެސް އޮތް ގޮތަށް މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު މެއި-ޖޫންގައި ބާއްވާނެ ކަމަށެވެ.

"މިއަހަރު މެއި، ޖޫން ގައި މިހާރު ކިޔަވަމުންދާ ހުރިހާ ކުދިންގެ އޭ އެލް އެގްޒާމް އާ އެ އެސް އެގްޒަމްގައި ސިޓް ކުރާނެ. އެކުދިންގެ ޕޭޕާސްތައް އެޑެކްސެލް އިން މާކު ކުރާނީ. ސެޓްފިކެޓު ވެސް ހަމަ އެޑެކްސެލް އިން ދެއްވާ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ އިމްތިހާނުގެ ނަތީޖާ އޮގަސްޓު 10 ވަނަ ދުވަހު ލިބޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީން މައުލޫމާތު ދޭގޮތުން އެހެން އަހަރު ތަކާ ހިލާފަށް މީގެ ކުރިން އިމްތިހާނަށް އެޕްލިކޭޝަން ފޯމް ހުށަހަޅާއިރު ފޯމް ހުށަހަޅަން ޖެހޭ ވަގުތު ހަމަވެއްޖެނަމަ ދެވަނަ ފުރުސަތު ލިބުނު ނަަމަވެސް މިފަހަރު އެފަދަ ފުރުސަތަަކަށް ދެވޭ ވަރަަށް ވުރެ ވަގުތު ކުޑަތަންވެފައިވާ ކަމަށެވެ. އެހެންކަމުން އިމްތިހާންގައި ބައިވެރިވުމަށް މި މަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ