
White Alert
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ގިނަ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށެވެ. އެގޮތުން މިރޭ 1:30 އިން ފެށިގެން ހެނދުނު 07:30 އާއި ހަމައަށް އެސަރަހައްދުތަކަށް ހުދު ސަމާލު ވަނީ ނެރެފައެވެ.
މި މުއްދަތުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



