އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމުގެ ނަމަކީ "ސިތާރޭ ޒަމީން ޕަރް"

ދަރްޝީލް ސަފަރީ އާއި އާމިރު ޚާން 2007 ވަނަ އަހަރު ރިލީޒްކުރި "ތާރޭ ޒަމީން ޕަރް" އިން ބްލޮކްބަސްޓާ ހިޓް ފިލްމެކެވެ.

އާމިރު ޑައިރެކްޝަނަށް ނުކުތް މި ފިލްމަކީ އުމުރުން އަށް އަހަރުގެ ޑިސްލެކްސިކް ކުއްޖެއް ކަމަށްވާ އިޝާންގެ ހަޔާތާއި އިމޭޖިނޭޝަން ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން އާމިރު ވަނީ އެ ފިލްމުގެ ލީޑު ރޯލުގައި މަސައްކަތްކޮށްފަ އެވެ. އަމޯލް ގުޕްތޭ ލިޔެފައިވާ މި ފިލްމަށް ވަނީ ނެޝަނަލް އެވޯޑެއް ވެސް ލިބިފަ އެވެ. އާމިރު ޚާން މިހާރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް" އިއުލާންކޮށްފަ އެވެ. އޭނާ ބުނީ ފިލްމުގެ ތީމަކީ "ތާރޭ ޒަމީން ޕަރް" އާ އެއްގޮތް ޝިއާރެއް ކަމަށެވެ.

އާމިރް ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު އިއުލާނުކޮށްފައިމިވަނީ، "ލާލް ސިންގ ޗައްޑާ" ގެ ނާކާމިޔާބީއަށްފަހުއެވެ. ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އެކަމާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކާފައި ނުވާ ކަމަށާއި މިހާރު ވެސް މާ ގިނަ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.

ނަމަވެސް ފިލްމުގެ ނަމާއި ފިލްމުގެ ބާވަތް އާމިރު ވަނީ ކިޔައިދީފައެވެ. އެގޮތުން ކުރީގެ ފިލްމު ބެލި ގިނަ ބަޔަކު ރޮއްވާލާފައިވާކަން ފާހަގަކޮށް އާމިރު ބުނީ މި ފިލްމަކީ މުނިފޫހިފިލުވައިދޭނެ ފިލްމެއް ކަމަށެވެ. މި ފިލްމުވެސް ޕްރޮޑިއުސް ކުރާނީ އަމިއްލައަށް ކަމަށް އާމިރު ބުނެފައިވެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް