
000_33XQ2ZU.jpg
ޔަހޫދީ އިޒުރޭލުން ފަލަސްތީނުގެ ގާޒާގެ ކަރަންޓު ކަނޑާލައިފި އެވެ.

އިޒުރޭލުން ގާޒާގެ ކަރަންޓު ކަނޑާލާފައިވަނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިއަދު އިޒުރޭލަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެންނެވެ.
ހަމާސް ޖަމާއަތުން އިޒުރޭލަށް މިއަދު ދިން ހަމަލާއަކީ ފަހުގެ ތާރީހެއްގައި އިޒުރޭލަށް ދެވުނު އެންމެ ވަރުގަދަ އެއް ހަމަލާއެވެ. މި ހަމަލާގައި މިހާތަނަށް އިޒުރޭލުގެ 200 އެއްހާ މީހުން ވަނީ މަރާލާފައެވެ. އަދި 1000 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ.
ހަމާސް އިން ވަނީ އިޒުރޭލު ސިފައިންގެ އިސްވެރިންނާއި ގިނަ ބަޔަކު އެމީހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.
އިޒުރޭލަށް މިއަދު ލިބުނު ކުއްލި ހަމަލާއާ ގުޅިގެން އެގައުމުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ގާޒާއަށް ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި ގާޒާގެ 230 މުސްލިމުން ވަނީ ޝަހީދުވެފައެވެ.