
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ގްރޫޕް ސްޓޭޖް ހުރިހާ މެޗަކުން މޮޅުވެ އައުޓްލޯޒް ކުއީންސް ސެމީއަށް
DSC_9409
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި އައުޓްލޯޒް ކުއީންސް އާއި ގައްދޫ ވުމެންސް ހޭންޑްބޯލް ވާދަކުރި މެޗުން މޮޅުވެ އައުޓްލޯޒްއިން ގްރޫޕް ސްޓޭޖް އެއްވަނައިގައި އޮވެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ. މިއާއި އެކު ގައްދޫ ވުމެންސް ހޭންޑްބޯލްއަށް ސެމީއަށް ދިޔުމުގެ ފުރުސަތު މިވަނީ ގެއްލިފައިއެވެ.

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު އައުޓްލޯޒް ކުއީންސް ކާމިޔާބުކުރީ 24-6 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.
މިމެޗުގެ އައުޓްލޯޒް ކުއީންސްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 13) ފާތިމަތު ނިއުޝާ 6 ގޯލް ، (ޖާޒި ނަމްބަރު 8) ޔަސްފާ އާދަމް 5 ގޯލް ، ( ޖާޒީ ނަމްބަރު 11 ) މައިޝާ މުޖުތަބާ 6 ގޯލް , ( ޖާޒީ ނަމްބަރު 6 ) އަފާ އަލީ 3 ގޯލް , ( ޖާޒީ ނަމްބަރު 3 ) ނާހިދާ އިހްމަދު 1 ގޯލް , ( ޖާޒީ ނަމްބަރު 4 ) މަރިޔަމް ޝަފާ 2 ގޯލް އެވެ.
އަދި ގައްދޫ ވުމެންސް ހޭންޑްބޯލްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 10) ޝަހުމީމާ ވަހީދް 2 ގޯލް , ( ޖާޒީ ނަމްބަރު 11) ނަދީމާ އިބްރާހިމް 4 ގޯލްއެވެ.
މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އައުޓްލޯޒް ކުއީންސްގެ ޖާޒީ ނަމްބަރު 13 ފާތިމަތު ނިއުޝާ އެވެ.
މިއީ އައުޓްލޯޒް ކުއީންސް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފަހު މެޗެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގައްދޫ ހޭންޑްބޯލް ވުމެންސް ވާދަކުރާނީ ޝައިން ސްޕޯޓްސް ކްލަބްއާއި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.
މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.