logoEN
Sto top
ބަފައިން ވެސް ޕޯސްްޓްޕާޓަމް ޑިޕްރެޝަންގެ ޝިކާރައަކަށްވޭ

ބަފައިން ވެސް ޕޯސްްޓްޕާޓަމް ޑިޕްރެޝަންގެ ޝިކާރައަކަށްވޭ

iStock-1061130814 copy

މައިން ފަދައިން ބަފައިންނަކީވެސް ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ ޝިކާރައަކަށް ވާ ބައެއް ކަމަށް ޔުނިވާސިޓީ އޮފް އިލިނޮއިސް ޝިކާގޯގެ އާ ދިރާސާއަކުން ދައްކައިފިއެވެ.

Wamco

ޕޯސްޓްޕާޓަމް ޑިޕްރެޝަން (ޕީޕީޑީ) އަކީ ދަރިއަކު ލިބުމަށް ފަހު ގިނަ އަންހެނުންނަށް ދިމާވާ ސިއްހީ ހާލަތެކެވެ. ވިހެއުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ދެމިހުންނަ ހިތާމައާއި ކަންބޮޑުވުމާއި ވަރުބަލިކަމުގެ ވަރުގަދަ އިހުސާސްތަކެވެ. މި އިހުސާސްތަކުގެ ސަބަބުން ތިމާއާއި ތުއްތު ދަރިފުޅު ބަލަހައްޓަން އުނދަގޫވެދާނެއެވެ.

ޔުނިވާސިޓީ އޮފް އިލިނޮއިސް ޝިކާގޯއިން ކުރި ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ވަރަށް ގިނަ ބަފައިންވެސް ސްޓްރެސްވެ ބިރުގަންނަ ކަމަށެވެ. އެގޮތުން މަސައްކަތާއި ބެލެނިވެރިކަމާއި ބައިވެރިޔާގެ ޒިންމާތައް ހަމަހަމަ ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ބަފައިން ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ ޝިކާރައަކަށްވާ ކަމަށެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، ޕޯސްޓްޕާޓަމް ޑިޕްރެޝަންގެ ނުރައްކާ އޮތް އަންހެނަކަށް، އޭނާގެ ބައިވެރިޔާއަކީ ޑިޕްރެޝަންގެ ޝިކާރައަކަށްވެ އެކަމުގެ އުނދަގޫ ތަހައްމަލުކުރަމުންދާ މީހެއް ނަމަ އެ އަންހެން މީހާ ޕޯސްޓްޕާޓަމް ޑިޕްރެޝަން އަށް ދިއުމަށް މަގުފަހިވާ ކަމަށެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި 8 އިންސައްތައާއި 13 އިންސައްތައާ ދެމެދުގެ އަދަދަކަށް ފިރިހެނުންނަށް ވެސް ޕޯސްޓްޕާޓަމް ޑިޕްރެޝަންއާ ކުރިމަތިލާން ޖެހެއެވެ.

އަދި އެކަން ގިނަ ބަޔަކަށް ފާހަގަ ނުކުރެވުނު ނަމަވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންވެސް ޕޯސްޓްޕާޓަމް ޑިޕްރެޝަންއާ ކުރިމަތިލާން ޖެހޭކަމަކީ ހަގީގަތެއް ކަމަށާއި، އެކަން ދެނެގަނެ އެމީހުންނަށްވެސް އެ ސަޕޯޓު ބޭނުންވާ ކަމަށް އެ ދިރާސާ ކުރި ޓީމުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside