ސިރީ އާ ނުލާވެސް އައިފޯނު އޮޕަރޭޓް ކުރެވޭނެ

ބައެއް މީހުންނަށް ސިރީ އަކީ ކަމުދާ ފީޗާއެއްނޫނެވެ. ހަމައެއާއެކު، އައިފޯންގެ މި ޕާސަނަލް އެސިސްޓެންޓާ ނުލައި ބައެއް މީހުންނަށް މަސައްކަތް ނުކުރެވޭނެކަން ޔަގީނެވެ.

ގިނަ މީހުންނަށް ނޭގުނުކަމުގައި ވިއަސް އައިފޯނުގައި އިންނަ ސިރީ މުޅިން ނިއްވާލެވިދާނެ އެވެ. މިގޮތަށް އައިފޯނުން މި ފީޗާ ނިއްވާލައި، ފޯނު ރައްކާތެރި ކަމާއެކު ގެންގުޅެވޭނެއެވެ.

އައިފޯނުގެ އައިއޯއެސް 11، އައިއޯއެސް 12، ނުވަތަ އައިއޯއެސް 13 ގައި މި ޕްރޮސެސް ތަންކޮޅެއް ތަފާތެވެ. 'ސެޓިންގްސް' އަށް ގޮސް – > 'ސިރީ އެންޑް ސާޗް' ދެން އައިފޯން މޮޑެލްއަށް ބެލުމަށްފަހު "ލިސަން ފޯ 'ހޭ ސިރީ' އަދި "ޕްރެސް ހޯމް ފޯ ސިރީ" ނުވަތަ "ޕްރެސް ސައިޑް ބަޓަން ފޯ ސިރީ" ޓޯގަލް ކޮށްލާށެވެ.

އައިފޯނުގައި ސިރީ އާއި ސިރީގެ ހުށަހެޅުންތައް ޑިސޭބަލް ކޮށްގެން، އަމިައްލަ ޑިވައިސްގެ ކޮންޓްރޯލް ލިބި، ޕްރައިވެސީ ރައްކާތެރި ކުރުމުގެ އިޚްތިޔާރު ލިބެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް