logoEN
Sto top
އެޕަލް އިން އައިފޯނު 15 އޯވާހީޓް ވާ މައްސަލަ ހައްލުކޮށްފި

އެޕަލް އިން އައިފޯނު 15 އޯވާހީޓް ވާ މައްސަލަ ހައްލުކޮށްފި

ޝައުފާ އިސްމާއިލް

logo

10/6/2023, 11:33:08 PM

iOS-17.0.3-Feature

އައިފޯން 15 އަދި އައިފޯނު 15 ޕްރޯ ފްލެގްޝިޕް ފޯނުތައް އޯވަހީޓިންގެ މައްސަލަ ހައްލުކުރުމަށް ފަރުމާކޮށްފައިވާ އައިއޯއެސް 17.0.3 އަޕްޑޭޓް އެޕަލް އިން ރިލީޒްކޮށްފި އެވެ.

Wamco

މި ސޮފްޓްވެއަރ އަޕްޑޭޓްގެ ސަބަބުން މުހިންމު ބަގް ފިކްސްތަކާއި ސެކިއުރިޓީ އަޕްޑޭޓްތައް ލިބި، އައިފޯންތައް ހީކުރި ވަރަށް ވުރެ ހޫނުވުމަށް ދިމާވެދާނެ ފަދަ މައްސަލައެއް ހައްލުކޮށްދޭނެ ކަމަށް އަޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ސޮފްޓްވެއަރ އަޕްޑޭޓް ނެރުނީ ހަމައެކަނި އާ ޑިވައިސްތަކަށް އެކަންޏެއް ނޫން، ކުރީގެ އައިފޯންތަކަށްވެސް މި އަޕްޑޭޓް ނެރެފައިވެއެވެ.

އައިފޯނު 15 ވިއްކަން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ ހޫނުވާ ކަމުގެ ޝަކުވާ ތައް އަންނަން ފެށިއެވެ. އަދި މީސް މީޑިއާގައި މިމައުޟޫއަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެޕަލްއިން ކުރިން ނެރުނު ބަޔާނާއި އެއްގޮތަށް އައިއޯއެސް 17.0.3 ގެ ސޮފްޓްވެއާރ އަޕްޑޭޓް އިން މި މައްސަލަ ވަނީ ހައްލުކޮށްފައެވެ. އަދި މި މައްސަލައަކީ ފޯނުގެ ހާރޑްވެއަރ މައްސަލެއް ނޫންކަންވެސްވަނީ ކަށަވަރު ކޮށްދީފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside