logoEN
Sto top
އިލޯން މަސްކްގެ ސްޕޭސްއެކްސްގައި އަންހެނުންނަށް މުސާރަތަފާތު ކުރާ ކަމުގެ ތުހުމަތުތަކެއް

އިލޯން މަސްކްގެ ސްޕޭސްއެކްސްގައި އަންހެނުންނަށް މުސާރަތަފާތު ކުރާ ކަމުގެ ތުހުމަތުތަކެއް

SpaceX

ސްޕޭސްއެކްސްގެ މައްޗަށް ކްލާސް އެކްޝަން ދައުވާއެއް ކޮށްފިއެވެ. މި ދައުވާ ކޮށްފައިވަނީ އެ ކުންފުނިން އަންހެނުންނާއި މައިނޯރިޓީ މުވައްޒަފުންނަށް އެ މީހުންނާއެކު މަސައްކަތް ކުރާ ފިރިހެނުންނަށް ވުރެ މަދުން މުސާރަ ދޭ ކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

Wamco

ސްޕޭސް އެކްސްގެ އިންޖިނިއަރު އޭޝްލީ ފޮލްޓްޒް ލޮސް އެންޖެލިސް ސުޕީރިއާ ކޯޓަށް އަންގާރަ ދުވަހު މި މައްސަލަ ހުށަހެޅީ އޭނާއި އެއް ވަޒީފާއެއްގައި ނުވަތަ އޭނާއަށްވުރެ މަދުން ތަޖުރިބާ ހުރި ފިރިހެނުންނަށް ބޮޑު މުސާރައެއް ހުށަހެޅުމުގެ ސަބަބުންނެވެ. މިގޮތުން ސްޕޭސްއެކްސްއިން އޭނާއަށް 92،000 ޑޮލަރު ހުށަހަޅާފައިވާއިރު އޭނައެކު މަސައްކަތް ކުރާ ފިރިހެނުންނަށް 115،000 ޑޮލަރާއި ގާތްކުރާ އަދަދަކަށް ހުށަހަޅާފައިވެއެވެ. އޭނާގެ ލިންކްޑްއިން އިން ބުނާ ގޮތުގައި ސްޕޭސްއެކްސް އިން ޕްރޮޕަލްޝަން އިންޖިނިއަރެއްގެ ގޮތުގައި އޭޝްލީ އަށް ވަޒީފާ ދީފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މިއީ ސްޕޭސް އެކްސްގައި ވަޒީފާ ދިނުމުގައި އަދި ޕްރޮމޯޝަން ދިނުމުގައި ތަފާތު ކުރުމުގެ އުސޫލް ގެންގުޅޭ ކަމަށް ބުނާ ފުރަތަމަ ފަހަރެއް ނޫނެވެ. އެކްސްޕޯޓް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތް ހޯދާ މީހުންނާއި ރެފިއުޖީން ވަޒީފަށް ނެގުމުގައިވެސް ތަފާތުކުރުންގެންގުޅޭ ކަމަށް ބުނެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ އޮގަސްޓް މަހު ވަނީ އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside