
Nobel Prize 2023
ފިޒިކްސްގެ ދާއިރާއިން 2023 ވަނަ އަހަރުގެ ނޮބެލް އިނާމު ތިން ސައިންސްވެރިނަށް ލިބިއްޖެއެވެ.

ނޮބެލް އިނާމް ހާޞިލް ކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕިއޭ އަގޯސްޓިނީ، ފެރެންކް ކްރައުޒް އަދި އޭން އެލް ހުއިލިއާ އެވެ. މި ތިން ބޭފުޅުންނަކީ އިލެކްޓްރޯން ޑައިނަމިކްސްގެ ދިރާސާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ބައެކެވެ. މިގޮތުން 'އެޓޯސެކަންޑް ޕަލްސް އޮފް ލައިޓް' އުފައްދައިދޭ އެކްސްޕެރިމެންޓަލް މެތަޑްތައް އުފެއްދުމުގައި ބިންގާ އެޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވެއެވެ.
ރޯޔަލް ސްވިޑިޝް އެކަޑަމީ އޮފް ސައިންސަސް އިން ސްޓޮކްހޯމްގައި އިނާމު ހާސިލްކުރި ފަރާތްތައް އިއުލާނުކޮށް، އެންމެ ކުދި ޓައިމް ސްކޭލްތަކުގައި އިލެކްޓްރޯންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ އަމަލުތައް ދެނެގަތުމަށް އެ މީހުންގެ ދިރާސާގައި އަލިއަޅުވާލާފައިވެއެވެ.
https://youtu.be/WyBMnYH0i60
"އެމީހުންގެ އިސްނެގުމުގެ ދިރާސާތަކުގެ ސަބަބުން އެޓޮމިކް އަދި މޮލިކިއުލާ ލެވެލްގައި މެޓާގެ އަމަލުތައް ކޮންޓްރޯލް ކުރާ އަސާސީ ޕްރޮސެސްތައް ދެނެގަތުމުގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ލިބިއްޖެ،" ފިޒިކްސްގެ ނޯބެލް ކޮމިޓީން ބުންޏެވެ. "މި ޢިލްމަކީ ގިނަ ސިނާޢަތްތަކަށާއި ޓެކްނޮލޮޖީތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން ލިބިފައިވާ ޢިލްމެކެވެ."
ޕިއެރޭ އަގޯސްޓީނީ، ފެރެންކް ކްރައުޒް އަދި އޭން އެލް ހުއިލިއާގެ މަސައްކަތުން ކެމިސްޓްރީ، ފިޒިކްސް އަދި މެޓީރިއަލް ސައިންސް ފަދަ ދާއިރާތަކުން އާ ރޮނގުތަކެއް ހުޅުވިއްޖެ އެވެ. މި އަލްޓްރާފާސްޓް ޕަލްސް އޮފް ލައިޓްގެ ސަބަބުން ކެމިކަލް ރިއެކްޝަންތަކުގައި އިލެކްޓްރޯންތައް ހިނގަމުންދާ ގޮތުގެ އަގުނުކުރެވޭ ވަރުގެ މައުލޫމާތުތަކެއް ލިބި، ނެކްސްޓް ޖެނެރޭޝަން އިލެކްޓްރޯނިކްސް އަދި އެއަށްވުރެ ވެސް ހަރުދަނާ ސޯލާ ސެލްތައް އުފެއްދުމުގައި އެކަށީގެންވާ އެޕްލިކޭޝަންތައް ވަނީ ފޯރުކޮށްދީފައެވެ.
ފިޒިކްސްގެ ރޮނގުން ނޮބެލް އިނާމަކީ ދުނިޔެއާ މެދު އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްލި ބިންގާ އެޅިފައިވާ ހޯދުންތައް ދެނެގަތުމުގެ ދިގު ތާރީހެއް އޮތް އިނާމެކެވެ. މިއަހަރުގެ އިނާމު ހާސިލުކުރި ބޭފުޅުން ނަކީ ތާރީޚުގައި ފާހަގަކޮށްލެވޭ ސައިންސްވެރިންގެ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.