އައިއެސްއެސް އަނބުރާ ބިމަށް ގެންނަން ނާސާއިން ރާވަނީ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ޑިއޯބިޓް ކުރަން ނުވަތަ އަނބުރާ ބިމަށް ގެންނަން ނާސާއިން ރާވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ޑީކޮމިޝަން ކުރާއިރު ދިމާވެދާނެ މައްސަލަތަކާ މެދު ނާސާއިން އެކުލަވާލި އެންމެ ފަހުގެ ޕްލޭންތައް ހާމަކޮށްފައި ވާއިރު، އެމަސައްކަތަށް ބޭނުންވާ އާ ޖައްވީ އުޅަނދަކަށް ޕްރޮޕޯސަލް ހޯދުމަށް ނާސާއިން ވަނީ އެދިފައެވެ.

މިގޮތުން ނާސާ އާއި އެ ޖަމިއްޔާގެ ބައިނަލްއަގުވާމީ ގިނަ ޕާރޓްނަރުން ގުޅިގެން ހިންގާ ސްޕޭސް ސްޓޭޝަން 2030 ވަނަ އަހަރާއި ހަމައަށް އޮޕަރޭޓް ކުރުމަށް މަޝްވަރާކޮށްފައެވެ. ނަމަވެސް މި މަޝްވަރާތަކުން މި 100 ޓަނުގެ ސްޓޭޝަން ރައްކާތެރިކަމާއެކު ނައްތާލާނެ ގޮތަކާމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި އެކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ހަކަތައާއި އެ މަސައްކަތަށް ބޭނުންކުރާނެ ޖައްވީ އުޅަނދު ހަލާކުވެދާނެ ކަމުގެ ކަންބޮޑުވުންތައް ހުރުމުގެ ސަބަބުން އެ އުޅަނދު އަނބުރާ ބިމަށް ވައްޓާލުމަކީ ފަސޭހަ ކަމެއްނޫނެވެ.

މި ސްޕޭސް ޕްރޮގްރާމާއި ގުޅޭ ގޮތުން ސައިންސްވެރިން ކޮށްފާއިވާ ދިރާސާތައް ބުނާ ގޮތުގައި ސްޕޭސް ސްޓޭޝަން ޖައްވުގައި ގޮއްވާލައިގެން އޭގެ ބައިތައް މީހުން ނޫޅޭ ހިސާބުތަކަށް ވައްޓާލުމުގެ ބާރު ނުވަތަ ކޮންޓްރޯލް ޑިސްޓެންޝަނެއް ޖައްވުގެ ތެރެއަށް ވައްދައިގެން އެކަންކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިގޮތަށް މިކަން ކުރުމަކީވެސް އުނދަގޫތަކެއް ހުރިކަމެއް ކަމަށް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނާސާގެ އަސްލު ވިސްނުމަކީ ރަޝިއާގެ ރޮބޮޓިކް ޕޮރްގޮރެސް ކާގޯ އުޅަނދުތަކުގެ ސިލްސިލާއެއް ބޭނުންކޮށްގެން އައިއެސްއެސް ބޭނުންވާ އޯބިޓަށް ވައްޓާލުމެވެ. ރަޝިއާއި ސަރުކާރުން މި ސްޕޭސް ޕްރޮގްރާމްގައި 2028 އާ ހަމައަށް ބައިވެރިވުމަށް އެއްބަސްވެފައިވީ ނަމަވެސް އެމެރިކާއާއި ރަޝިއާއި ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މިކަން މިގޮތަށް ކުރުމަށް ނާސާއަށްވަނީ ފުރުސަތު ހަނިވެފައެވެ.

ކޮންމެއަކަސް އައިއެސްއެސްގެ އުމުރުން ދުވަސްވުމާއި، އޭގެ ބައިތައް ބާވުން ފަދަ ސަބަބު ތަކަށްޓަކައި އެފަދަ އެހެން ސްޓޭޝަނެއްގެ މުހިންމުކަން ނާސާއަށް މިއަދު މިވަނީ ބޭނުން ބޮޑުވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް