’ރިޒް އާއި ސިމްޕް' ފަދަ އާ ލަފުޒުތައް ޑިކްޝަނަރީއަށް އިތުރުކޮށްފި

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅޭ ޒުވާން އުމުރުގެ ކުދިންގެ މެދުގައި ޢާންމުކޮށް ބޭނުންކުރާ މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީއަށް ގިނަ އަދަދެއްގެ ބަސްތަކެއް އިތުރުކޮށްފިއެވެ. މިގޮތުން ޖުމްލަ 690 ލަފުޒުވަނީ މި ޑިކްޝަނަރީއަށް އިތުރު ކުރެވިފައެވެ.

ދިވެހި މުޖުތަމައުގައި މި ލަފުޒުތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ ލަފުޒަކީ 'ރިޒް' އެވެ. ޑިކްޝަނަރީގައި މި ލަފުޒުގެ މާނައަކީ "ރޮމޭންޓިކް ޗާމް އެންޑް އެޕީލް" އެވެ. މި ލަފުޒު އާއްމުކޮށް ބޭނުންކުރެވެނީ ލޯބިވެރިންނާއި ވާހަކަ ދައްކާއިރުގައެވެ.

އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ މީސް މީޑިއާ ގައި އަމުކޮށް ބޭނުންކުރާ 'ސިމްޕް' މި ލަފުޒަކީ އަންހެން ކުދީންނާ މާ ބޮޑަށް އަޅައިގަނެ ނައިސް ވާން އުޅޭ ފިރިހެނުންނާ ދިމާލަށް ބޭނުންކުރެވޭ ލަފުޒެކެވެ. ޑިކްޝަނަރީގައި މި ބަހުގެ މާނައަކީ މީހަކަށް ނުވަތަ އެއްޗަކަށް މާބޮޑަށް ބޭނުންވުން ނުވަތަ އެކަމަށް އެދޭކަން ދެއްކުމެވެ.

މީގެތެރޭއިން ގިނަ ބަސްތަކަކީ ދިވެހި މުޖްތަމައުގައި ގިނައިން ބޭނުންކުރެވޭ ބަސްތަކެއް ނޫނެވެ. ނަމަވެސް "ބަސިން"، "އެންގީއެލް"، "ޓީޓީވައިއެލް"، "ގޯޓެޑް" ފަދަ ލަފުޒުތަކަކީ މަދުންނަމަވެސް އަޑު އިވޭ ބަސްތަކެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް