ފިރިހެނުން ނުބުނި ނަމަވެސް ބައިވެރިޔާދެކެ ލޯބިވާކަން ދައްކާނެ 17 ގޮތެއް

ކޮންމެ މީހަކީ ވެސް އެމީހެއްގެ ލޯތްބާއި އިހުސާސްތައް އެހާ ހާމަކަން ބޮޑުގޮތަކަށް ދެއްކުމަށް ބޭނުންވާނެ ބައެއް ނޫނެވެ. ބައެއް ފިރިހެނުން އިޖުތިމާއީ ހާލަތްތަކުގެ ސަބަބުން އެމީހުންގެ އިހްސާސްތައް ފޮރުވަން މަސައްކަތް ކުރެއެވެ. އެހެންކަމުން ބައެއް ފަހަރު ފިރިހެނަކު ތިބާ ދެކެ ހަގީގީ ލޯބިވާކަމަށް ބުނުމުގައި އުނދަގޫތަކެއް ހުރެއެވެ.

ފިރިހެނުން ލޯބިވާކަން ހާމަކުރާ ގޮތާއި އަންހެނުން ހާމަކުރާ ގޮތް ތަފާތެވެ. އެގޮތުން ލޯބިވާ ވާހަކަ ބުނުމުގެ ބަދަލުގައި ޢަމަލީ ގޮތުން އެކަން ދައްކައިދިނުމަކީ ގިނަ ފިރިހެނުންގެ އާދައެކެވެ.

ބޮޑީ ލޭންގުއޭޖާއި ނޮންވާބަލް ކޮމިއުނިކޭޝަނަކީ ގިނަ ފަހަރަށް އަނގައިން ބުނާ ބަހަށްވުރެ މާ ފުރިހަމައަށް އިހްސާސްތައް ކިޔައިދޭ ކަމެކެވެ.

ފިރިހެނުން ލޯބިވާކަން އަމަލުން ދައްކައިދޭ 17 ގޮތް

 • ޖިސްމާނީ ގޮތުން ގާތްވުން

ފިރިހެނުން ގިނަފަހަރަށް ޖިސްމާނީ ގޮތުން އޭނާގެ އިހުސާސްތައްފާޅުކުރެއެވެ. އަބަދުވެސް ތިމާގެ ގާތުގައި ހުންނަ މީހަކަށް އެމީހަކާއެކު ތިބާ ހުރިކަން އެނގޭނަމަ ހިތްހަމަޖެހުން ލިބެއެވެ. ބައިވެރިޔާއާ ގާތްވުމުން ލިބޭ ރައްކާތެރިކަމުގެ އިހުސާސްތަކަށް ފިރިހެނުންވެސް ލޯބިކުރެއެވެ.

 • އޯގާތެރިކަމުގެ ހަދިޔާ ދިނުން

ޒަމާނުއްސުރެ އޯގާތެރިކަން ދެއްކުމަށް ހަދިޔާދިނުމަކީ އިންސާނުންގެ އާދައެކެވެ. އެހެންވީމާ، ފިރިހެނުން މިއަދުވެސް އެމީހުން ދެކެ ލޯބިވާ މީހުން އުފަލުގައި ބޭތިއްބުމަށް މަސައްކަތްކުރުމަކީ ހައިރާންކުރުވަނިވި ކަމެއް ނޫނެވެ.

ހަދިޔާއަކީ މެޓީރިޒަލިސްޓް ނުވަތަ އަގުބޮޑު ހަދިޔާއަކަށް ވާން ނުޖެހެއެވެ. ހަގީގަތުގައި އެ ހަދިޔާތަކަށް އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހެއެވެ.

އެގޮތުން ސިޓީއެއް ނުވަތަ ކުޑަ ނޯޓެއް ދިނުމާއި، ތިބާ ބޭނުންވެދާނެހެން ހީވާ ފަދަ ކުދި ގަހަނާ ފަދަ ހަދިޔާތައް ދިނުން ހިމެނެއެވެ. އަދި ވަގުތާއި އެކުގައި އުޅުމަށް މަސައްކަތް ކުރާކަން ހާމަކޮށްދޭނެއެވެ.

 • ވާހަކަތައް ކަނުލައި އަޑުއެހުން

އަންހެނަކު ދައްކާ ވާހަކަ ނުވަތަ ކަމެއް ހިއްސާކުރާއިރު، ފިރިހެނުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދައްކާ ވާހަކަ އަޑު ނާހާ ކަމުގެ ޝަކުވާތަކަކީ އާންމުކޮށް ގިނަ އަންހެނުން ކުރާ ކަމެކެވެ. މިއީ ގިނަ ފަހަރު ބައެއް ފިރިހެނުންގެ ކިބައިގެން ފެނިގެންދާ ކަންތައްތަކެކެވެ. ނަމަވެސް ތިމާ ދައްކާ ވާހަކަ ކަނުލައި އަޑުއަހާ މީހަކީ އޯގާތެރި މީހެކެވެ.

ފިރިހެނަކު ވަރަށް ޝައުގުވެރިކަމާއެކު ތިބާގެ ވާހަކަ އަޑުއަހާނަމަ، އެއީ ހަގީގަތުގައިވެސް ތިމާދެކެ ލޯބިވާ މީހެކެވެ. އެދައްކާ ވާހަކައަކީ ކިތަންމެ ކުޑަ ނޫނީ ބޮޑު ވާހަކައެއް ނަމަވެސް ލޯބިވާ މީހަކު އެވާހަތައް އަޑުއަހާނެއެވެ.

 • ބޮސްދިނުމަށްފަހު ހިނިތުންވުން

ކިސް ކުރުމަކީ ރޮމޭންޓިކް އަދި އެއާއެކު އަންނަ ހޯމޯންތައް އަވަސް އަރުވާލައިގެން ރިލީޒްވުމުގެ ސަބަބުން ވަރަށް ބޮޑު އިހުސާސެއް ކުރެވޭ ކަމެކެވެ. ނަމަވެސް ކިސް ކުރުމުގެ ސަބަބުން ޕޮޒިޓިވް ވިސްނުމަށް އަންނަ ބޫސްޓްތައް އިތުރަށް ފެންނާނީ ބޮސްދޭ މީހާއަކީ މުހިންމު ނުވަތަ ލޯބިވާ މީހެެއް ކަމުގައިވާނަމައެވެ.

ބޮސްދިނުމަށްފަހު ފިރިހެނަކު ހިނިތުންވާނަމަ އެކަމުގެ ސަބަބުން އޭނާއަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭފަދަ އިހުސާސެއް ކުރެވެއެވެ. އެއީ ގުޅިގެން އުޅޭތާ މަދު ދުވަސްކޮޅެއް އަދި ގިނަ ދުވަސްވީ ނަމަވެސް އެގޮތަށް ވާނަމަ އެއީ ހަގީގަތުގައިވެސް ލޯބިވާ މީހެކެވެ.

 • ތިބާއާ ބެހޭ ކުދި އަދި ބޮޑެތި ތަފްޞީލުތައް ހަނދާންކުރުން

ތިބާއާ ގުޅުންހުރި ކަންތައްތައް ވީހާވެސް ބޮޑަށް ހަނދާންކުރާ ފިރިހެނަކީ ލޯތްބާއި ޖަޒުބާތަށްވުރެ ތިބާ މުހިންމު ކުރާ މީހެކެވެ. އޭގެ ތެރޭގައި ތިބާގެ އުފަންދުވަހާއި ތިބާ ހިތްއެދޭ ކަންތައް ހިމެނެއެވެ. އަދި ދެމީހުންގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކާއި މުހިންމު ތާރީޚުތަކެވެ.

އެހެންނަމަވެސް ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ބައެއް ކަންތައް ހަނދާންނެތެއެވެ. އެހެން ނަމަވެސް ކޮންމެހެންވެސް މުހިންމު ކަންތައް ހަނދާނުގައި ބެހެއްޓުމަށް އެމީހަކު މަސައްކަތް ކުރާނެއެވެ. އަދި އެކަމަކީ ތިބާއަށް އެހާ މުހިންމު އަދި ހަނދާނުން ފޮހެނުލެވޭނެ ފަދަ ކަމަކަށް ނުވި ނަމަވެސް ތިބާދެކެ ލޯބިވާ މީހަކު އެފަދަ ކަންތައްވެސް ހަނދާނުގައި ބެހެއްޓުމަށް މަސައްކަތް ކުރާނެއެވެ.

 • ތިބާގެ މަސްލަހަތުތަކަށް ޝައުޤުވެރިކަން އުފެއްދުން

ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ޝައުޤުވެރިކަމާއި ރުހުމާއި ނުރުހުމުގެ ސިފަތައް އެކުލެވިގެންވާ ތަފާތު މީހެކެވެ. މާނައަކީ ތިބާ ރުހޭ ކަންތަކާއި ނުރުހޭ ކަންތައް އަދި ޝައުގުވެރިކަން ހުންނަ ކަންކަމަކީ ބައިވެރިޔާގެ ވިސްނުމުގައިވެސް އެތޮތަށް އޮންނަން ޖެހޭ ކަމަކަށް ނުވެއެވެ.

ނަމަވެސް ތިބާދެކެ ލޯބިވާނަމަ، ތިބާއަށް އެކަން ފާހަގަނުކުރެވުނު ނަމަވެސް ތިބާގެ މަސްލަހަތަށް ޝައުގުވެރިކަން އުފައްދައިގެން އެކަން ދައްކާނެއެވެ.

މިސާލަކަށް ތިބާގެ މަސްލަހަތަށް އެއްބާރުލުންދިނުމާއި، އެކަންކަމާ ގުޅޭގޮތުން އިތުރަށް ސުވާލުކޮށް މައުލޫމާތު ހޯދާނެއެވެ. ތިބާ ބައިވެރިވާ ކަމެއްގައި ކޮންމެވެސް ގޮތަކުން ބައިވެރިވުމަށް އެއްބަސްވެ އެއްބާރުލުން ދޭނެއެވެ.

 • މުސްތަގުބަލުގެ ޕްލޭންތަކުގައި ތިބާ ހިމެނުން

ތިބާ ދެކެ ލޯބިވާ ފިރިހެނުން އެމީހުންގެ މުސްތަގުބަލުގެ ވާހަކަ ތިބާއާ ދައްކައި އަބަދުވެސް ތިބާ ޝާމިލުކުރާނެއެވެ. އަދި މުސްތަގްބަލުގައި ތިބާގެ ވިސްނުން ހުރި ގޮތްވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ދެމީހުން އެކުގައި އެކަމެއް ހާސިލުކުރުމަށް މަސައްކަތް ކުރާނެއެވެ.

 • ދުވަހަކުވެސް ރުޅިއައިސްގެން މާ ގިނައިރުވަންދެން ނުހުރުން

އެއްވެސް ގުޅުމަކީ ހަމަނުޖެހުންތަކުން އެއްކިބާވެފައިވާ ގުޅުމެއް ކަމަށް ވިސްނައިގެން ނުވާނެއެވެ. ބައެއް ފަހަރު ޒުވާބުކޮށް އެކަކު އަނެކަކު ދެކެ ރުޅިއަންނަ ފަހަރުވެސް އާދެއެވެ. ނަމަވެސް ތިބާދެކެ ލޯބިވާ މީހަކު ތިބާއާ މާ ގިނަ އިރުވަންދެން ރުޅިއައިސްގެން ނުހުންނާނެއެވެ. އަމިއްލައަށް ރުޅި ކޮންޓްރޯލްކޮށް ދިމާވި މައްސަލަ ހައްލުކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނެއެވެ.

ނަމަވެސް މިކަން ހަނދާނުގައި ބަހައްޓާށެވެ. ތިބާގެ ސަބަބުން ބައިވެރިޔާ ރުޅިއައިސް ނުވަތަ ދެރަވާފަދަ ކަމެއް ކުރެވިއްޖެނަމަ ކުށް ގަބޫލުކޮށް މަޢާފަށް އެދި އެކަން ހައްލުކޮށް އިތުބާރު އަނބުރާ ހޯދުމަކީ ތިބާގެ މަސައްކަތެކެވެ.

 • ތިބާ އަމިއްލަ ނަފްސަށް ވަގުތު ބޭނުންވާ ހިނދު އެފުރުސަތު ދިނުން

ތިބާގެ އަމިއްލަ ނަފްސަށް ވަގުތުދޭން ނުވަތަ އެކަނިވެރިވެލަން ބޭނުންވާ ނަމަ ތިބާދެކެ ލޯބިވާ މީހަކު އެކަމަށް ފުރުސަތު ދޭނެއެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ނަފްސަށް ވަގުތު ދިނުމަށް މުހިންމުވާނެއެވެ. އެއީ ކަންބޮޑުވެ ހާސްވާން ޖެހޭ ކަމެއް ނޫނެވެ.

 • އައި ކޮންޓެކްޓް

ލޮލުގެ ގުޅުމަކީ ޖިސްމާނީ ނޫން ކަމަކަށް ވަރަށް މުހިންމު ކަމެކެވެ. އެއީ ގުޅުމެއް އުފައްދައި، ވަގުތުކޮޅެއް ހިއްސާކުރާއިރު އެކަމަކަށް ސަމާލުކަންދޭ މިންވަރު ހާމަވެގެންދާ ކަމެކެވެ. އަދި އެއީ އޭނާއަށް ތިބާގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ ނުލެވޭނެ ކަމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ.

 • ރައްޓެހިންނަށް ތަޢާރަފްކުރުން

އޭނާގެ ރަހުމަތްތެރިންނަށް ތިބާއާ ބެހޭ ގޮތުން އެނގޭނަމަ އަދި ތިބާއާ ބެހޭ ގޮތުން ރަނގަޅު ވާހަކަތައް އަޑުއިވިފައިވާނަމަ، އޭގެ މާނައަކީ އެންމެ ކަމެކެވެ. ފިރިހެނަކު އޭނާގެ ރަހްމަތްތެރިންނަށް އަންހެނަކާ ގުޅޭގޮތުން ވާހަކަ ދައްކާނީ އެމީހަކު ވަރަށް މުހިންމު ވުމުންނެވެ.

 • ކުދިކުދި ބީހުންތައް

ބައިވެރިޔާ ތިބާގެ ހަށިގަނޑުގައި ބީހުމަކީ އެތަކެއް އިހްސާސްތަކެއް ކުރެވޭނެ ކަމެކެވެ. އެކަމުން އޯގާތެރިކަމާއި ލޯބި ދޭހަކޮށްދެއެވެ. އެކަމުން އޭނާ ތިބާގެ ހަށިގަނޑުގައި ފިރުމަން ބޭނުންވާ ކަން ހާމަވެއެވެ. އެފަދަ ބީހުންތަކަކީ ހާއްސަ ބީހުންތަކެކެވެ.

 • ތިބާގެ ބޭނުންތައް ފުއްދައިދިނުން

ތިބާދެކެ ލޯބިވާ ފިރިހެނަކު ތިބާއަށް އަޅާލާނީ ނާޒުކު ގޮތަކަށެވެ. އަދި ތިބާގެ އަސާސީ ބޭނުންތައް ފުއްދައިދީ، އެހެނިހެން ބޭނުންތައް ފުއްދައިދިނުމަށް ޓަކައި ކޮންމެ ފަދަ ކަމެއް ކޮށްފާނެކަން އޭނާ ހާމަކޮށްދޭނެއެވެ.

އެގޮތުން އެހީއަކަށް ބޭނުންވާއިރު އެކަމެއް ކޮށްދިނުން ހިމެނެއެވެ. އަދި ބަލިވުމުން އޯގާތެރިކަމާއެކު އަޅާލާނެ މީހަކަށްވާނެއެވެ. ތިބާ ރުއްސާފައި ބެހެއްޓުމަށް އިސްކަންދޭނެއެވެ. ތިބާގެ ބޭނުންތައް އަންދާޒާ ކުރާނެއެވެ. ތިބާ އުފަލުގައި ބެހެއްޓުމަށް ކުދިކުދި ކަންތައް ކޮށްދޭނެއެވެ.

 • ތިބާ ހިމާޔަތްކުރުން

ލޯބިވާ މީހުން ހިމާޔަތް ކުރަން ޖެހޭ ކަމަކީ ކޮންމެ ފިރިހެނަކުވެސް އެންމެ އިސްކަންދޭނެ އެއްކަމެވެ. އެކަމަށްޓަކައި ބައެއްފަހަރު ރުޅިވެރިކަން އިސްކުރާކަމަށް ހީވި ނަމަވެސް އެކަމަކީ މާ ބޮޑަށް ހިފަހައްޓައި އަނިޔާކުރާ ހިސާބަށް ނުދަންޏާ ފުރުސަތު ދޭން ވާނެ ކަމެކެވެ.

 • ތިބާ ކައިރީގައި ހުންނަ ވަގުތުތަކުގައި ގިނައިން ހިނިތުންވުން

ފިރިހެނަކު ތިބާދެކެ ލޯބިވާނަމަ ތިބާ ކައިރީގައި ހުރުމުން އޭނާ އުފާވެއެވެ. ގިނަ ފަހަރަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށާއި ބައްދަލުވާ ކޮންމެ ފަހަރަކު ބޮޑު ހިނިތުންވުމެއް އޭނާގެ މޫނުމަތިން ފެނިގެންދާނެއެވެ. އެހެން ކަމުން ފިރިހެނަކު ތިބާއާ އެކު ހޭދަކުރާ ވަގުތުގައި ހިނިތުންވެފައި ހުންނަ ނަމަ އެއީ އެމީހަކު ތިބާދެކެ ލޯބިވާ ކަމުގެ ނިޝާނެކެވެ.

 • ތިބާގެ ބައެއް ކަންތައް ނަކަލުކުރުން

ނަކަލުކުރުމަކީ ނޮންވާބަލް ކޮމިއުނިކޭޝަންގެ ސްޓޭންޑަޑް ބައެކެވެ. އެއީ ބޮޑީ ލެންގުއޭޖްގައި ދިރިއުޅެމުން އަންނަ އަދި އެކަން ކުރެވިއްޖެނަމަ، އެހެން މިހުންގެ ހުންނަ އާދަތައް އަހަރުމެންގެ ކިބައިގައި އަށަގަންނަ ކަމެކެވެ. އެކަމަކީ ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ ފައިދާ ހުރި ބޮޑު ބަދަލެއް އައިސްދާނެ ކަމެކެވެ.

ތިބާ ދެކެ ލޯބިވާ ފިރިހެނަކު ތިބާއަށް ވަރަށް ބޮޑަށް ބަލާނެއެވެ. ތިބާގެ އަމަލުތައް ހުންނަ ގޮތާއި ތިބާ ކުރާ ކަންތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭނެއެވެ، އަދި އެކަމަކީ ތިބާއަށް މުހިންމު ކަމެއްނަމަ ތިބާއަށް އެހީތެރިވުމުގެ ގޮތުން އެފަދަ ކަންތައް އަމިއްލައަށް ކޮށް ހަދާނެއެވެ.

 • ތިބާއާއެކު ވަގުތު ހޭދަކުރުމަށް ލޯބިކުރުން

ތިބާދެކެ ލޯބިވާ ފިރިހެނަކު ތިބާއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރަން މަސައްކަތް ކުރާނެއެވެ. އެއީ ދެމީހުން އެކުގައި ކުރާނެ މާ ބޮޑު ކަމެއް ނެތް ނަމަވެސް އެކުގައި ވަގުތު ހޭދަކުރުމަކީ އެންމެ ފުދޭ ކަަމަށްވެއެވެ. އަދި ތިބާއާ އެކު ވަގުތު ހޭދަކުރުމަށް ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. ނުވަތަ ހޯދާނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް