
White Alert
ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު 11:00 އިން 17:00 އަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސް މިދުވަސްވަރުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށޤ ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.