logoEN
Sto top
ޑޭޓިންގ އެޕް "ޓިންޑަރ" އިން އައު ވީއައިޕީ ޕްލޭނެއް

ޑޭޓިންގ އެޕް "ޓިންޑަރ" އިން އައު ވީއައިޕީ ޕްލޭނެއް

ޙުސައިން އާހިލް

logo

10/2/2023, 4:14:07 PM

ezgif-1-05ba7dd6e5

ހަޔާތުގެ ބައިވެރިއެއް ފަސޭހަ ކަމާއެކު ހޯދުމަށް މީހުންގެ ތެރޭގައި މަޝްހޫރު "ޓިންޑަރ" އެޕްލިކޭޝަންގެ ސަބްސްކިރިޕްޝަން ޕްލޭން ތަކަށް ބަދަލު ގެނެސް މަހަކު 500 ޑޮލަރަށް ލިބޭ ވީއައިޕީ ޕްލޭނެއް ތައާރަފު ކޮށްފިއެވެ.

Wamco

ޓިންޑަރ ސެލެކެޓް ނަމުގައި ތައާރަފް ކޮށްފައިވާ މި ޕްލޭން ހުޅުވާލެވިފައިވަނީ ޓިންޑަރ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ތެރެއިން 1% މީހުންނަށެވެ.

ޓިންޑަރނ ސެލެކްޓް އާއި އެކި "ސްކިޕް ދަ ލައިން" ފަދަ އެކްސްކުލޫސިވް ފީޗަރ ތަކާއި ލައިކް ކުރާ ޕްރޮފައިލް ތަކަށް ގޯލްޑް ނުވަތަ ސިލްވަރ މެމްބަރޝިޕް ނެތް ނަމަވެސް ޕްރޮފައިލް ބަލާލެވޭ ފީޗަރ އަދި ޑިރެކްޓް މެސެޖިންގެ ހިދުމަތްވެސް ހުރަހަކާއި ނުލާ ލިބެއެވެ.

މި ޕްލޭން އަށް އެދި މީހުންނަށް އެޕްލައި ކުރެވުނު ކަމުގައިވިޔަސް މި ޕްލޭން އަށް ބަދަލުވެވެނީ ޓިންޑަރ ގެ ސްކީރީނިންގް މަރުހަލާ ތެރެއިން ، ފުރިހަމަ ވާންޖެހޭ ޝަރުތުތައްހަމަވެގެންނެވެ. އޭގެތެރޭގައި ވެރިފައިޑް ފޮޓޯ އަކާއި، އިހުތިޔާރު ކުޅާ ގުޅުމުގެ ބާވަތާއި، 4 ޕޮޓޯ، ޝައުގުވެރިވާ 5 ކަމެއް އަދި ބަޔަގްރަފީ ހިމެނެއެވެ.

މި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ މެދުގައި ކުރެވުނު ދިރާސާތަކަކަށްފަހު ޓިންޑަރ އިން އަލަށް އެކުލަވާލި ސަބްސްކްރިޕްޝަން ޕްލޭން ތަކުގައި މަހަކު 24 ޑޮލަރުން ފެށޭ ޓިންޑަރ ޕްލަސް، ޓިންޑަރ ގޯލްޑް އަދި ޓިންޑަރ ޕްލެޓިނަމް ވެސް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside