
ސްޕެއިންގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ
spain-theatre-fire-013734848-16x9 copy
ސްޕެއިންގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށްވާ މުރްޝިއާގެ ތިން ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 13 މީހުން މަރުވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފޮންޑާ މިލަގްރޯސް ނައިޓްކްލަބްގައެވެ. އޭގެ ފަހުގައި ކައިރީގައި ޖެހިގެން ހުރި ކްލަބްތަކަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ.
މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުފަންދުވަސް ފާހަގަކުރުމަށް ތިބި އާއިލާއެއްގެ މީހުންވެސް ހިމެނޭ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާގައި މަރުވި އެންމެނަކީވެސް އެންމެ ފުރަތަމަ އަލިފާން ރޯވި ނައިޓް ކްލަބްގައި ތިބި މީހުން ކަމަށް އެގައުމުގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިހާތަނަށް 14 މީހަކު ފެނިފައިނުވާ ކަމަށާއި، މިހާދިސާގެ ސަަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ގާތްގަނޑަކަށް 15 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް މިހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް މުރްސިއާގެ މޭޔަރު ހޯސޭ ބެލެސްޓާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާން ރޯވީ ކްލަބުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.