logoEN
Sto top
ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ކުރާ މަަސައްކަތް ހުއްޓާލުމަށް ގާސިމް އެދިވަޑައިގެންފި

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ކުރާ މަަސައްކަތް ހުއްޓާލުމަށް ގާސިމް އެދިވަޑައިގެންފި

އަލްފާ އަލީ

logo

10/1/2023, 1:16:17 PM

Qasim Ibrahim Voting

ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

Wamco

އިއްޔެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް މަރުހަބާ ދެންނެވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ، ފުރިހަމަ ރިޔާސީ އިންތިހާބެއް ނިންމައި ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށް ، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިހާބުގެ ނަތީއްޖާ ގަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރުމުގެ ކުރީން ވެރިކަމުގެ ނިޒާމާގުޅޭ ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ހިލާފު އަދި ބައިނަލް އަގްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅީން ހިލާފު ކަމެއް ކަމަށެވެ.

"މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫން" - ގާސިމް ވިދާޅުވި އެވެ.

ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ތިމާމެން އެދޭގޮތް ހާޞިލް ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ. މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ޤައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯ ؟. މިކަމުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން އަޅުގަނޑަށް ތަޞައްވުރު ކުރެވޭ އެހެން ކަމުން މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން - ގާސިމް ވިދާޅުވި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލެކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކިޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއި އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މިއުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫން ކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަން ގަބޫލުލުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ގައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކު ގައުމާއިގެން ކުރިއަށްދިއުމަކީ، މިއަދު އަޅުގަނޑުމެންނަށް ދިވެހި ޤައުމުގެ ހައްޤުގައި އެންމެ އިސް ވާޖިބު ކަމަށް އަޅުގަނޑު ދެކެން. އަދި ޤައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ޤައުމު ކުރިއަށް ގެންދެވޭނީ ޤައުމުގައި ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމީ ދެބަސްވެވެން ނެތް ހަޤީޤަތެއް - ގާސިމް ވިދާޅުވި އެވެ.

ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ ވަކާލާތު ހުއްޓާލައްވާ މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމާއި ގެން ކުރިއަށް ދިއުމަށް ގާސިމް ވަނީ އެފަރާތްތަކަށް ގޮވާލައްވާފައެވެ. ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކުން ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދުވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތްތަކާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށް ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside