ރައީސް ސޯލިހު ޑރ މުއިއްޒު އަށް މަރުހަބާ ދަންނަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ރައީސް ކަމަށްވާ ޑރ މުހައްމަދު މުއިއްޒު އަށް މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ސޯލިހު މުއިއްޒުއަށް މަަރުހަބާ ދެންނެވީ ދާދި ދެންމެ އަކު ކުރެއްވި ޓުވީޓެއްގައި އެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވި ޑރ މުއިއްޒު އަށް މަރްޙަބާ ދަންނަވާ ކަމަށެވެ. އަދި ރައީސް ވަނީ އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވާފައެވެ.

ރައީސް ވަނީ އެކުގަ މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާރައްޔިތުންނަށްވެސް ޝުކުރު ދަންނަވާފައެވެ.

މިއަދު ކުރިޔަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ މުއިއްޒު ކާމިޔާބުކުރެެއްވީ 53 އިންސައްތަ ވޯޓުންނެވެ. މި އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 46 އިންސައްތަ ވޯޓެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް