logoEN
Sto top
މިސްރުގެ ސަރުކާރަށް ފާޑުކިޔަމުންދިޔަ އެޤައުމުގެ ނޫސްވެރިއެއް ގެއްލިއްޖެ!

މިސްރުގެ ސަރުކާރަށް ފާޑުކިޔަމުންދިޔަ އެޤައުމުގެ ނޫސްވެރިއެއް ގެއްލިއްޖެ!

އަހުމަދު ޝުރާއު

logo

3/2/2021, 11:47:59 AM

EvUZ7CpWYAIfUJx

މިސްރުގެ ސަރުކާރަށް ފާޑުކިޔަމުންދިޔަ މިސްރަށް އުފަން ނޫސްވެރިއެއް ކެއިރޯ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމަށްފަހު ގެއްލިއްޖެ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓްކުރަން ފަށައިފި އެވެ.

Wamco

ޖާމަލް އަލް ޖަމަލް ނަމަކަށް ކިޔާ މި ނޫސްވެރިޔާ ގެއްލުނުކަން ހާމަަކުރީ އޭނާގެ ފިރިހެން ދަރި ބާހަ އަލް-ޖަމާލް ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓަކުންނެވެ. އެންމެ ފެހުން ޖާމަލް އަލް ޖަމަލް ފެނިފައިވަނީ ތުރުކީގެ އިސްތަންބުލްގެ އެއާޕޯޓުން މިސްރުގެ ކެއިރޯ އިންޓަނޭޝަލް އެއާޕޯޓްގައި މިމަހުގެ 22 ވަނަ ދުވަހުއެވެ. އޭގެފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށް އޭނާގެ ދަރި ބުނެއެވެ.

މީޑިއާގެ ރިޕޯޓުތަކުން ހާމަވާގޮތުގައި ޖަމާލް ގެއްލުނީ ޖުޑިޝަރީ އަށް ފާޑުކިޔުމުގެ ސަބަބުން ދެއަހަރުގެ ޖަލު ހުކުމެއް އިއްވަފައިވުމާއެކު އިންޓެރޮގޭޝަންއަށްފަހު ތޯރާ ޖަލަށް ގެންދިޔުމަށް ހަމަޖެހިފައި ވަނިކޮށެވެ. 2014 ވަނަ އަހަރު މިސްރުގެ އަލް-މަސްރީ-އަލް-ޔޫމް ޑެއިލީގައި ޖަމާލް، އެޤައުމުގެ ސަރުކާރަށް ފާޑުކިޔައި ހަބަރު ލިޔުމުން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސިސީ އޭނާއަށް އިންޒާރު ދިނުމުގެ ގޮތުން ގުޅާފައިވާކަމަށް ވެސް ރިޕޯޓުތަށް ބުނެއެވެ. މިއިންޒާރާއި ގުޅިގެން ޖަމާލްވަނީ މިސްރު ދޫކޮށް ގޮސްފައެވެ.

ޖަމާލްގެ ގެއްލުމާއެކު މިސްރުގެ ހަބަރު ފަތުރާ ނޫސްތަކާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެތައް ބޭފުޅުންތަކެއް ދަނީ މިސްރުގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside