logoEN
ކޮކާކޯލާ
ސަރުކާރުން މަޖިލީހަށް ބިިލްތަށް ނުފޮނުވާތީ ނަޝީދުގެ ކަންބޮޑުވުން!

ސަރުކާރުން މަޖިލީހަށް ބިިލްތަށް ނުފޮނުވާތީ ނަޝީދުގެ ކަންބޮޑުވުން!

އަހުމަދު ޝުރާއު

logo

3/2/2021, 11:23:19 AM

pxk8aWNsolTnlarge

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބުނެފައިވާ ބިލްތައް އަދިވެސް މަޖިލީހަށް ފޮނުވާފައިނުވާތީ ފުރަތަމަ ދައުރުގައި މަސައްކަތް މަދުވެއްޖެ ކަމަށްބުނެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އަބުޅޯ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ބިލުތައް ނުފޮނުވާތީ މަޖިލީހުގެ މަަސައްކަތް ވަަރަށް މަދުވެއްޖެ ކަމަށާއި މަޖިލީހަށް މިހާރު ފޮނުވާފައި ހުރި ބިލްތަކުގެ މަސައްކަތް ނިންމަން ސުންގަޑި ކަނޑައަޅައި، އެ ބިލްތަކުގެ މަަސައްކަތް ކޮމިޓީތަކުން އަންނަނީ ކުރަމުން ކަމަށެވެ.

"މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު، އެ ދައުރަކަށް ސަރުކާރުން ފޮނުއްވަވާނެ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ. މި ދައުރުގައި ވެސް އެ ލިސްޓު ވަނީ ލިބިފައި. އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ވަނީ ނުލިބި،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ބިލްތައް ޑްރާފްޓް ކުރުމަށްޓަކައި މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ބޭނުންވެފައިވާ ގިނަ ބިލްތަކަކީ ފައިސާއާ ވެސް ގުޅުންހުރި ބިލްތަކަށް ވާތީ، އެ ބިލްތައް މަޖިލީހަށް ފޮނުވަން ޖެހޭނީ ސަރުކާރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެންވެ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތާ ބައްދަލުކުރައްވައި، މަޖިލީހަށް އަވަހަށް ފޮނުއްވެން ހުރީ ކޮންކޮން ބިލެއްކަން އޮޅުންފިލުއްވާނެ ކަަމަށް ވެސް މަނިކުފާނު ވިދާޅުވި އެވެ.

ބިލުތައް ނުލިބި ހުރި އިރު، އެމްޑީޕީގެ ލީގަލް އެޖެންޑާގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެންވީމާ ބިލްތަކުގެ ކަންތަކުގައި އޭޖީއާ ވާހަކަ ދައްކަވަންވީ ހަގީގަތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހަށް ސަރުކާރުން ފޮނުވަން ޖެހޭ ބިލްތައް ނުފޮނުވާތީ ކުރާނެ މަސައްކަތެއް ނެތިގެން، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ ކުރިން ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން މިދައުރަށް 33 ބިލް ފޮނުވާނެ ކަމަށް އޮތީ ސަރުކާރުން ލިސްޓުކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ