logoEN
Sto top
އުމަރުގެ ރަނިން މޭޓުގެ ތާއީދު ރައީސް ސޯލިހަށް

އުމަރުގެ ރަނިން މޭޓުގެ ތާއީދު ރައީސް ސޯލިހަށް

F7HXMfiaIAAFMUn-1

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިން މޭޓު އަހުމަދު ސަލީމް (މާޒް ސަލީމް)، އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

Wamco

ރައީސަށް ތާއީދުކުރައްވަން ނިންމަވާ މާޒް ސަލީމް ރިޔާސީ ކެމްޕޭނާއި ގުޅިވަޑައިގެންނެވީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ސަލީމް ނިންމެވިއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރު ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ. އުމަރަކީ

ސަލީމްގެ އިތުރުން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލި އެމްޑީއޭގެ ބައެއް އިސް ބޭފުޅުން ވެސް މިއަދު ވަނީ ރައީސަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside