Haitham
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެއްޖެއެވެ.
އެމްޑީޕީން ހައިތަމް އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ވެފައިވާއިރު، ޕާޓީން ވަކިވެފައިވަނީ އުސޫލުތައް ގަބޫލު ނުކުރެވޭ ކަމަށް ބުނެކަމަށް މައުލޫމާތު ލިބެއެވެ.
ހައިތަމް އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާއިރު، މިފަހުން ފުނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖްވެސް ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއެކު ގިނަ ބަޔަކު ގެންދަނީ އެމްޑީޕީން ވަކިވެ އިދިކޮޅު ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވަމުންނެވެ. އަދި ހަމަ އެގޮތުން އިދިކޮޅު ކެންޑިޑޭޓަށް މީގެ ކުރިން ތާއީދު ކުރި ގިނަ ބަޔަކުވެސް ދަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ އެމްޑީޕީއާ ގުޅެމުންނެވެ.