logoEN
cocacola
ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ކެމްޕެއިން އިވެންޓެއް މިއަދު ހަވީރު ހުޅުމާލޭގައި!

ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ކެމްޕެއިން އިވެންޓެއް މިއަދު ހަވީރު ހުޅުމާލޭގައި!

އަހުމަދު ޝުރާއު

logo

9/28/2023, 1:51:26 PM

file_ttcdj7

ރިޔާސީ އިިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ކެމްޕެއިން ހަރަކާތެއް ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އެމްޑީޕިއިން މިއަދު ބުނީ ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ އިވެންޓު އޮންނާނީ މިއަދު ހަވީރު 16:30 ގައި ކަމަށެވެ. އެގޮތުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ 1 ވަނަ ރުއްގަނޑުގައި އެވެ.

އެމްޑީޕިއިން ވަނީ މި ހަރަކާތުގައި ހުޅުމާލޭގައި ދިރިއުޅުއްވާ ރައީސް ސޯލިހަށާއި އެމްޑީޕީއަށް ތާއީދު ކުރައްވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައެވެ.

View post on Twitter

އިންތިހާބުގެ ދެވަނަ ބުރަށް 48 ގަޑިއިރަށް ވެފައިވާއިރު އިންތިހާބުގެ ކެމްޕެއިން ދެވަނަ ބުރަށް ދަތުރުކުރި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވަރަށް ފޯރިއާއިއެކު ކުރިޔަށް ގެންދަވަމުންނެވެ. އެގޮތުން ދެ ކެންޑިޑޭޓުންވެސް ވަނީ ކެމްޕެއިނަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރާތްވެސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ