
ފަހަތުން އަރައި ލެސްޓާ ބަލިކޮށް ލިވަޕޫލް ލީގުކަޕްގެ ދެވަނަ ބުރަށް
IMG_20230928_032128
އިގިރޭސި ލީގުކަޕްގެ ތިންވަނަ ބުރުގައި މިރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ލެސްޓާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިވަޕޫލުން ހޯދައިފިއެވެ.

މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލެސްޓާ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކޭސީ މަކަޓިއާ އެވެ. މިއީ އެޓީމުގެ ތުރުކީ ފޯވާޑް ޔޫނުސް އަކްގަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލެސްޓާގެ ލަނޑަށްފަހު ލިވަޕޫލުން ވަނީ ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލެސްޓާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯ އެވެ.
މިމެޗުގައި ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަންގޭރީ މިޑްފީލްޑަރު ޑޮމެނިކް ސޮބޮސްލައި އެވެ. މިއީ އެޓީމުގެ ޖަޕާނު މިޑްފީލްޑަރު އެންޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ލީގުކަޕްގެ ދެވަނަ ބުރުގައި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލިވަޕޫލުން ނުކުންނާނީ ބޯންމައުތު އާއި ދެކޮޅަށެވެ.