
Yellow Alert
މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް މިއަދު މެންދުރު ފަހު 01:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ ވަގުތު ތަކުގައި ކުދި އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.