logoEN
cocacola
ދުންޔާ މައުމޫން އެނބުރި ޕީޕީއެމްއަށް!

ދުންޔާ މައުމޫން އެނބުރި ޕީޕީއެމްއަށް!

އަހުމަދު ޝުރާއު

logo

9/25/2023, 9:53:56 PM

F631gtrbYAAFxu7

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ޕީޕީއެމް އަށް މިއަދު ސޮއިކުރައްވައިފި އެވެ.

ގޮސިޔާ

ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ދުންޔާ ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އަށް ކެމްޕެއިން ކުރެއްވުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. މިއަދު އަލުން ޕީޕީއެމްއާއި ގުޅިވަޑައިގެން ދުންޔާގެ މެމްބަރޝިޕް ފޯމު ޑރ މުއިއްޒު އާއި ވަނީ ހަވާލުކޮށްދެއްވާފައެވެ.

ޕީޕީއެމް އުފެދުނު އިރު އެޕާޓީގައި ހުންނެވުމަށްފަހު އެޕާޓީއިން އޭރު ވަކިވެވަޑައިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަހަތުގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ދުންޔާ ވަޑައިގެންނެވި އެވެ. ނަމަވެސް އުމަރު ދޫކޮށް ދުންޔާ 2021 ވަނަ އަހަރު ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންފައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީއިން ވާދަކުރި އިރު ދުންޔާ ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް ބޮޑަށް ޝާމިލުވެގެން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމްއެންޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކަމަށްވާއިރު އޭނާ އަށް ލިބިވަޑައިގެންނެވީ 1،907 ވޯޓެވެ.

ދުންޔާ ޕީޕީއެމްއާއި އަލުން ގުޅިފައިވާއިރު ދެވަނަ ބުުރުގައި އެމްއެންޕީން ތާއީދު ކުރުމަށް ނިންމާފައިވަނީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށެވެ. އަދި އެމްއެންޕީގެ ލީޑަރޝިޕުންދަނީ މިހާރު ޑރ މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށް ފުޅާކޮށް މަސައްކަތްކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ