
Hassan Latheef
ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އެޕާޓީގެ ފައުންޑިންގ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްވެސް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެ މަގާމަށް ވާދަކުރައްވަން ނިންމެވި އިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓް ހުސައިން އަމްރު ވެސް ވަނީ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައިފަ އެވެ.
ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ރޭ ކުރެއްވި ޓްވީޓެއްގައި އޭނަ ޑިމޮކްރެޓްސްގެ ރައީސަކަށް ވާދަކުރައްވަން ނިންމަވާފައިވާތީ ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދޭން އެދިވަޑައިގެންފައިވެ އެވެ.
ޑިމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން އުފަންވި ޕާޓީ އެވެ. މީގެ މުގުލުގައި ހުންނެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.