logoEN
cocacola
އޭއެފްސީ ކަޕް: އަމިއްލަ ދަނޑުގައި މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި

އޭއެފްސީ ކަޕް: އަމިއްލަ ދަނޑުގައި މާޒިޔާ އިން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

9/19/2023, 9:17:23 PM

IMG_20230919_211636

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލާދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ޔުނައިޓެޑް ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މާޒިޔާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގޮސިޔާ

މިދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަޝުންދުރަ މޮޅުވެފައި ވާއިރު، މިއަހަރުގެ މުބާރާތަށް ތައްޔާރުވުމަށްޓަކައި މާޒިޔާ އިން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށްފަހު ދުރާލައި ފަރިތަކުރުންތަށް ފަށާފައެވެ. އަދި މިޓީމުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަަމަ އެގާރައިގައި މިހާރު ކުޅޭ 11 ކުޅުންތެރިންގެ އިތުރުން ބިދޭސީ 6 ކުޅުންތެރިން ހިމަނާފައި ވެއެވެ އެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ބަޝުންދުރައިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ލީޑު ހޯދީ މާޒިޔާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް ބަލަބޮނޮވިޗް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ބަޝުންދުރަ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާޒިޔާގެ އެޓޭކުތައް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 68 ވަނަ މިނެޓުގައި ޒުވާން ފޯވަޑް ހަސަން ނަޒީމް (ޗޯޓޫ) ކާމިޔާބުކުރި އިރު، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ.

ބަޝުންދުރަ އިން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އިބްރާހިމް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މިގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ މާޒިޔާ އެވެ. ހަތަރު ޓީމު ހިމެނޭ މިގުރޫޕްގައި މާޒިޔާއާއި ބަޝުންދުރަގެ އިތުރުން ދެން ހިމެނެނީ އިންޑިޔާގެ ދެ ޓީމު ކަމަށްވާ މޯހަން ބަގާންއާއި އިންޑިޔާގެ އޮޑިއްސާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ