logoEN
cocacola
މައިނޯރިޓީ ލީޑަރުކަން ގެއްލުނަސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިހުންނާނަން - އާދަމް ޝަރީފް

މައިނޯރިޓީ ލީޑަރުކަން ގެއްލުނަސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިހުންނާނަން - އާދަމް ޝަރީފް

އަލްފާ އަލީ

logo

9/19/2023, 9:00:12 PM

adam-shareef-1

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ޕީޕީއެމަށް ގެއްލުނު ކަމުގައިވިޔަސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިހުންނާނެ ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އާދަމް ޝާރީފު މިހެން ވިދާޅުވީ މިއަދު އިދިކޮޅު މައި ޕާޓީ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަގާމު ގެއްލި، އެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ލިބިފައިވާކަން މަޖިލީހުގެ ޖަލްސާގައި އިއުލާނުކުރުމާއި ގުޅިގެންނެވެ.

މިހާރު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އާދަމް ޝަރީފު މިއަދު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް، ޒިންމާދާރުކަމާއެކު އެ ޒިންމާ އަދާކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. މި މަސައްކަތުގައި ދަ ޑިމޮކްރެޓްސްގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ މިހާރު މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލު ކުރާ ނިސްބަތް އިއުލާންކޮށްފައެވެ. އެގޮތުން، އެމްޑީޕީގައި 56 މެމްބަރުން، ޑިމޮކްރެޓްސްގައި 13 މެމްބަރުން، ޕީޕީއެމްގައި 5 މެމްބަރުން، ޕީއެންސީގައި 3 މެމްބަރުން، އެމްއެންޕީ ގައި 3 މެމްބަރުން، ޖުމްހޫރީ ޕާޓީގައި 2 މެމްބަރުން، އެމްޑީއޭގައި 2 މެމްބަރުން އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައި ތިބި 3 މެމްބަރުން އެބަތިއްބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ