logoEN
Sto top
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :ހޭޔަންބޯއިން ސެމީގެ ޖާގަ ކަށަވަރުކޮށްފި

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް :ހޭޔަންބޯއިން ސެމީގެ ޖާގަ ކަށަވަރުކޮށްފި

އަހުމަދު ޝުރާއު

logo

3/1/2021, 10:42:57 PM

DSC_8783

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ހޭޔަންބޯ އާއި ހުއްޓޭކޮޑާ ވާދަކުރި މެޗުން ހޭޔަންބޯ މޮޅުވެ ސެމީގެ ޖާގަ ކަށަވަރުކޮށްފި އެވެ. ހޭޔަންބޯ ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.

Wamco

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު މި މެޗު ހޭޔަންބޯ ކާމިޔާބުކުރީ 21-15 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ފެނިގެންގޮސްފައި އެވެ.

މިމެޗުގެ ހޭޔަންބޯގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 10) ކުމާރީ އާރްތީ 11 ގޯލް ، (ޖާޒި ނަމްބަރު 5) ޖެއިސްވާލް ސްވަރިނިމާ 7 ގޯލް ، ( ޖާޒީ ނަމްބަރު 17 ) ހަދީޖާ ރިހުމާ 1 ގޯލް , ( ޖާޒީ ނަމްބަރު 9 ) އާމިނަތް ޒައިނާ 1 ގޯލް ، ( ޖާޒީ ނަމްބަރު 11 ) ޝައުނާ މުހައްމަދު 1 ގޯލް އެވެ.

އަދި ހުއްޓޭކޮޑާގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 6) ޝަރްމާ އަނުރާދާ 2 ގޯލް , ( ޖާޒީ ނަމްބަރު 10) ޔާދަވް ޖާންވީ 11 ގޯލް , ( ޖާޒީ ނަމްބަރު 12) އައިޝަތް އައިމާ 2 ގޯލްއެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހޭޔަންބޯގެ ޖާޒީ ނަމްބަރު 10 ،ކުމާރީ އާރްތީ އެވެ.

ހުއްޓޭކޮޑާ ގްރޫޕު ސްޓޭޖުގެ ފަހުމެޗުގައި ދެން ވާދަކުރާނީ ހޯބަހަކުން އާއި އެވެ. އަދި ހޭޔަންބޯ ވާދަކުރާނީ ފިޓްފެމިނިން އާއި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside