logoEN
cocacola
ގއ. ހުރެންދޫ ފަޅުރަށް ކޮލަމާފުށީ ކައުންސިލާ ހަވާލުކޮށްފި

ގއ. ހުރެންދޫ ފަޅުރަށް ކޮލަމާފުށީ ކައުންސިލާ ހަވާލުކޮށްފި

އަލްފާ އަލީ

logo

9/17/2023, 4:03:48 PM

F6N3_3fbMAANLFJ

ގއ. ހުރެންދޫ ފަޅުރަށް ގއ. ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި އެވެ.

ގޮސިޔާ

ޕްލޭނިންގ މިނިސްޓްރީން ބުނީ، އ. ހުރެންދޫ ފަޅުރަށް ގއ. ކޮލަމާފުށި ކައުންސިލާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އ. ހުރެންދޫ ފަޅުރަށް ބެލެހެއްޓުން ގއ. ކޮލަމާފުށި ކައުންސިލާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ރަށް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްލޭނިން އަކްރަމް ކަމާލުއްދީންއެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފްއެވެ.

ރެންދުއަކީ ކޮލަމާފުށިން 3-5 މިނެޓުގެ ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ފަޅުރަށެކެވެ. ތިން ހެކްޓަރުގެ މި ރަށް މީގެ ކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

ގއ ހުރެންދޫ ބެލެހެއްޓުން ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފައިވަނީ، 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ