logoEN
cocacola
އުމަރު 2028ގެ ރިޔާސީ ކެމްޕޭން ފަށައިފި!

އުމަރު 2028ގެ ރިޔާސީ ކެމްޕޭން ފަށައިފި!

އަލްފާ އަލީ

logo

9/15/2023, 6:00:49 PM

Umar Naseer

ރިޔާސީ އިންތިހާބު 2023ގައި އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު 2028ގެ ރިޔާސީ ކެމްޕޭން ފަށައިފިއެވެ.

ގޮސިޔާ

2023ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އުމަރު ނަސީރު އަމިއްލަގޮތުން ވާދަކުރެއްވި ނަމަވެސް ލިބިވަޑައިގަތީ 6،343 ވޯޓާއެކު ހަތަރުވަނައެވެ. މި ނަތީޖާއާއެކު އުމަރު ދެވަނަ ބުރަށް ނުދިޔަނަމަވެސް އުމަރު ހޯއްދެވި ކާމިޔާބީއަށް ގިނަ ބަޔަކު ވަނީ މަރުހަބާ ދަންނަވާފައެވެ.

މި އިންތިހާޞުން ބަލިވި ނަމަވެސް 2028ގެ ލޯގޯއާއެކު އުމަރު ވަނީ މިހާރު އޭނާގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ ބަދަލުކޮށްލާފައެެވެ.

އުމަރު ނަސީރު ވަނީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިހާބުން މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

އެނގިފައިވާ ގޮތުގައި ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އުމަރު ތާއީދެއް ނުކުރައްވާނެ އެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ