logoEN
Sto top
ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވިލިނގިލީގައި އިމާރާތްކުރާ 50 ރޯހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު އިފާޝާ

logo

9/7/2023, 9:17:06 PM

Ga villingili

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގއ.ވިލިނގިލީގައި ޢިމާރާތްކުރާ ރޯހައުސް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Wamco

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވަނީ ވިލިނގިލީގައި އިމާރާތް ކުރާ 50 ރޯހައުސްއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މި ރޯހައުސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީގެ އިއުލާނާއެކު ގެޒެޓް ކޮށްފައިވާ ގއ.ވިލިނގިލިން ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside