logoEN
cocacola
މިއަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިޔާގެ ޓީމްތަށް ހިމެނޭ ގްރޫޕްގެ މެޗުތަށް ރާއްޖޭގައި

މިއަހަރުގެ އޭއެފްސީ ކަޕުގެ ދެކުނު އޭޝިޔާގެ ޓީމްތަށް ހިމެނޭ ގްރޫޕްގެ މެޗުތަށް ރާއްޖޭގައި

xRH67DhCYNrvFKzxsK4l

2021 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގައި ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ރާއްޖޭގެ ފުޓްބޯޅަ މައި އިދާރާ ފުޓްބޯލް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް ( އެފްއޭމް ) އިން ކުރި ބިޑު ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ބިޑް ކާމިޔާބުކުރިކަން އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އިއުލާންކުރައްވާފައިއެވެ. ބައްސާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގަދަބާރެއް ކަމަށްވާ މާޒިޔާ ހިމެނޭހެން އޭއެފްސީގެ ދެކުނު އޭޝިއާއަށް ހާއްސަ ގުރޫޕުގެ މެޗުތައް ކުޅެން ރާއްޖެއިން ކުރި ބިޑް ކާމިޔާބުވެފައިވާ ކަމަށެވެ. އަދި އީގަލްސް އިން ވެސް ޕްލޭ އޮފުގެ މެޗުތައް ކާމިޔާބުކޮށް ގްރޫޕްސްޓޭޖަށް ވާސިލްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

View post on Twitter

ރާއްޖެއިން މި ބިޑު ކާމިޔާބުކުރީ އަވައްޓެރި އިންޑިއާ އާއި ވާދަކޮށްގެންނެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ހުށަހެޅީ އޭއެފްސީ ކަޕުގެ މެޗުތައް ކަލްކަތާގައި ކުރިޔަށް ގެންދިއުމަށެވެ.

ރާއްޖޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕް "ޑީ"ގެ މެޗުތަކެވެ. ކޮވިޑްގެ ސަބަބުން އޭއެފްސީ މުބާރާތް ވަކި ހިސާބަކުން ކެންސަލް ކުރުމާ ގުޅިގެން ކުލަބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ. މިފަހަރުގެ މުބާރާތް ކުޅެން އޭއެފްސީން ނިންމާފައި ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށްގެން ކަމަށް ވުމާއި އެކު ރާއްޖެއިން ބިޑްކުރީ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަކޮށްފައިވާ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ކުޅުމަށެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ރާއްޖެއަށް ޖާގައެއް ކަށަވަރުވީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެވެ. ކޮލިފައިންގް ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ކުލަބު އީގަލްސްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ