logoEN
ކޮކާކޯލާ
އިތުބާރު ނެތުމުން މަލީހު މިނިސްޓަރު ކަމުން ވަކިކޮށްފި

އިތުބާރު ނެތުމުން މަލީހު މިނިސްޓަރު ކަމުން ވަކިކޮށްފި

އަހުމަދު ޝުރާއު

logo

3/1/2021, 1:42:03 PM

223983_3_a6fc61df441a1d2603748f7f31c3173716693cb1_medium

ރައްޔިތުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު ކަމުގެ މަގާމުން މަލީހު ޖަމާލު މިއަދު ވަކިކޮށްފި އެވެ.

އަބުޅޯ

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވިއެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީ ކަމަށެވެ.

މަލީހުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެވެ. އާޒިމް މި މައްސަލަ މަޖިލީހަށް ވެއްދީ 14 މެމްބަރުންގެ ސޮއާއި އެކުގައިއެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލިހަށް ހުށަހެޅި ލިޔުމުގައި ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީން ހަދަން ޖެހޭ އެއްވެސް ގަވައިދެއް މަލީހު މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރު ވެސް ހަދާފައިނުވާ ކަން ސާފުކޮށް އެނގޭ ކަމަށްވުމާއި އެކު މިނިސްޓަރު ކަމުގެ ކުފޫ ހަމަނުވާތީ އޭނާ މަގާމުން ވަކިކުރުމަށެވެ.

މިއީ ރައީސް ސޯލިހްގެ ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ