
ތިނަދޫގައި ސްކޫލްކުދިންނަށް ހޭންޑްބޯލް ޓްރެއިން ކޭމްޕެއް ކުރިޔަށްގެންދަނީ
viber_image_2021-02-28_17-54-21
ގދ އަތޮޅު ތައުލީމް މަރުކަޒުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހަވަރު ސްޕޯޓްސްއިން ގދ ތިނަދޫގައި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕެއް ފަށައިފި އެވެ.

ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި ކުރިޔަށްދާ މި ކޭމްޕުގައި 50 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. އެގޮތުން މި ކޭމްޕް ކުރިޔަށްދަނީ އަންހެން ފިރިހެން ވަކިންނެވެ.
މި ޓްރެއިނިންގް ކޭމްޕުގައި ތަމްރީންތަށް ދެމުން އަންނަނީ ރާއްޖޭގެ ފުންނާބު އުސް ހޭންޑްބޯލް ޓްރެއިނަރުންނެވެ. މި ކޭމްޕުގައި ކުދިންނަށް ހޭންޑްބޯޅަ ކުޅުމުގެ ބޭސިކް ހުނަރުތަކާއި ގަވައިދުތައް ދަސްކޮށްދެވޭނެއެވެ.
ހަވަރު ސްޕޯޓްސްގެ އޮޮފިޝަލެއް " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ތިނަދޫގައި ހޭންޑްބޯޅައިގެ ޒުވާން ކުދިންތަކެއް އުފެއްދުން ކަމަށެވެ. އަދި މުސްތަގްބަލުގައި ޤައުމީ ލެވެލްގައި ތިނަދޫގެ ޒުވާން ކުޅުންތެރިންތަކެއް ފެނިގެން ދިޔުމަކީ އުންމީދެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ކޭމްޕް ތިނަދޫގައި ކުރިޔަށް ގެންދަނީ ގދ އަތޮޅު ތައުލީމް މަރުކަޒާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރާއި ހަވަރު ސްޕޯޓްސް ގުޅިގެންނެވެ.
މި ކޭމްޕުގެ އިތުރުން ތިނަދޫގައި ފިރިހެނުންނަށް ޚާއްސަ ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމެއް ހަވަރު ސްޕޯޓްސްއިން ކުރިޔަށް އެބަ ގެންދެއެވެ.
ހަވަރު ސްޕޯޓްސްއިން މިހާރު އަންނަނީ ތިނަދޫގައި " އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު" ގެ ނަމުގައި ހޭންޑްބޯޅަ މުބާރާތެއްވެސް ބާއްވަމުންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 10 ޓީމަކުން ވަނީ ބައިވެރިވެފައިއެވެ.